ގދ.ވާދޫގެ ފެނާއި ނަރުދަމާގެ މަސައްކަތް ނިމިއްޖެ

ޚަބަރު ފަހުގެ

އެމް.ޑަބްލިޔު.އެސް.ސީ އިން ގދ.ވާދޫގައި ކުރިއަށް ގެންދިޔަ ފެނާއި ނަރުދަމާ ނިޒާމު ޤާއިމްކުރުމުގެ މަސައްކަތް ނިންމައި ކޮމިޝަން ކޮށްފިއެވެ.

މި މަޝްރޫޢުގެ ކޮމިޝަނިންގ މަސައްކަތް ކުރިއަށް ގެންދިޔައީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، ފެނަކަ އަދި އެމް.ޑަބްލިޔު.އެސް.ސީގެ މުވައްޒަފުން އެރަށަށް ވަޑައިގެންނެވެ.

އިޝްތިހާރު
އިޝްތިހާރު

މި މަޝްރޫޢުގެ ދަށުން ފެނުގެ ނިޒާމް ޤާއިމް ކުރުމުގެ މަސައްކަތުގައި، ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރި ފެސިލިޓީ ބިލްޑިންގ ޤާއިމްކޮށް، ފެނުގެ މައި ނެޓްވޯކް އެޅުމާއި ގޭގެއަށް ފެނުގެ ކަނެކްޝަން ގުޅައިދިނުން ހިމެނެއެވެ. އަދި ފެން އުފެއްދުމަށް ފެން ޕްލާންޓް ބަހައްޓައި، ބޯހޯލް ތޮރުފައި، ރިޖެކްޓް ލައިން އަޅައި އަދި ފެން ރައްކާކުރުމަށް ފެން ތާންގީވެސް ވަނީ ބަހައްޓާފައެވެ.

ނަރުދަމާ ނިޒާމް ޤާއިމް ކުރުމުގެ މަސައްކަތުގެ ތެރޭގައި، ނަރުދަމާގެ މައި ނެޓްވޯކްއާއި ޕަމްޕިންގ ލައިން އެޅުމާއި، ޕަންޕިންގ ސްޓޭޝަން ޤާއިމްކުރުމާއި، ސީ އައުޓްފޯލް އެޅުން ހިމެނެއެވެ. މީގެ އިތުރުން ގޭގޭގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާގެ ކަނެކްޝަން ވަނީ ގުޅައިދީފައެވެ.

މި މަޝްރޫޢުގެ ދަށުން ފެން ތަޙުލީލު ކުރުމަށް ބޭނުންވާ ސާމާނާއި ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ވެހިކަލްވެސް ފޯރުކޮށްދެވޭނެއެވެ.

މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމް.ޑަބްލިޔު.އެސް.ސީ އާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މި މަޝްރޫޢުގެ ޖުމްލަ އަގަކީ 60.99 މިލިއަން ދިވެހި ރުފިޔާއެވެ. މި މަޝްރޫޢު ނިމުމާއެކު ވާދޫގެ ރައްޔިތުންނަށް ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާ ނިޒާމެއްގެ ޚިދުމަތް ލިބިގެންދާނެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ