ލޯންޗެއްގެ ވިންޑް ސްކްރީން ތަޅައިގެން ގޮސް ގެއްލުންތަކެއް ވެއްޖެ

ޚަބަރު ފަހުގެ

“ސެނޯރާ ވޭކް” ނަމަކަށް ކިޔާ ލޯންޗެއްގެ ވިންޑް ސްކްރީން ތަޅައިގެން ގޮސް ގެއްލުންތަކެއް ވެއްޖެއެވެ.

މިއަދު ހެނދުނު 08:05 ހާއިރު އއ. އަތޮޅުން ފުރައިގެން 12 މީހުންނާއެކު މާލެއަށް ދަތުރު ކުރަމުން ދިޔަ ސެނޯރާ ވޭކް ލޯންޗުގެ ވިންޑްސްކްރީން ވަނީ ކ. ގިރާވަރު ކައިރިން ތަޅައިގެން ގޮސްފައެވެ. އަދި މިކަމުގެ ސަބަބުން ލޯންޗުގެ ތެރެއަށް ރާޅު އަރާފައިވާކަމަށް މެރިން ފުލުހުން ވަނީ ވިދާޅުވެފައެވެ.

އިޝްތިހާރު
އިޝްތިހާރު

މީގެ އިތުރުން، ލޯންޗަށް ރާޅު އަރަށް ފެށުމާއެކު، ލޯންޗުގައި ދަތުރުކުރަމުން ދިޔަ މީހުންގެ ރައްކާތެރިކަމަށް ފުލުހުންގެ އެހީތެރިކަން ވަނީ ހޯދާފައެވެ. އަދި މިހާރު ލޯންޗުގައި ތިބި އެންމެން ވަނީ ރައްކާތެރި ކަމާއެކު މާލެއަށް ގެނެސްފައެވެ.

މި ދުވަސްވަރަކީ މޫސުން ގޯސްވެ ކަނޑުގަދަ ދުވަސްވަރަކަށް ވުމުން، ކަނޑުދަތުރުކުރާ ފަރާތްތަކުން ޚާއްޞަކޮށް މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ