އެޗްޑީސީގެ އާ ސްޓްރެޓެޖިކް ޕްލޭން ލޯންޗްކޮށްފި

ޚަބަރު ފަހުގެ

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ އާ ސްޓްރެޓެޖިކް ޕްލޭން ރަސްމީކޮށް އިއްޔެ ލޯންޗްކޮށްފި އެވެ.

އެ ކުންފުނިން ބުނީ މި ޕްލޭނަކީ ހާމަކަން ބޮޑުކޮށް ޒަމާނީ އުމްރާނީ ތަރައްގީ ގެނައުމަށް މަގުކޮށައި ދޭނެ ޕްލޭނެއް ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

މި ސްޓްރެޓެޖިކް ޕްލޭން އެކުލަވާލާފައި ވަނީ ޔޫއެންޑީޕީގެ އެހީތެރިކަމާ އެކީގަ އެވެ. މި ޕްލޭންގެ ސަބަބުން އެޗްޑީސީގެ މަސައްކަތްތައް އިތުރަށް ހަރުދަނާވެ، ބޯހިޔާވަހިކަމުގެ ދާއިރާ އަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

އެޗްޑީސީން ބުނީ ޕްލޭނާ ގުޅޭ އިތުރު ތަފްސީލްތައް ކުރިއަށް އޮތް ދުވަސްތަކުގައި ހާމަކުރާނެ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ