ރާއްޖޭގައި ކާނާގެ ޔަޤީކަން އިތުރުކުރުމުގެ ގޮތުން ހިންގާ މަޝްރޫޢުގެ ތެރެއިން ހދ. ހަނިމާދޫގައި ބަނބުކެޔޮ ގަސްތަކެއް މިއަދު އިންދައިފި އެވެ.
މި ހަރަކާތުގައި އެގްރިކަލްޗަ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ ވެސް ބައިވެރިވެވަޑައިގަތެވެ.
ހަނިމާދޫ ގައި ބަނބުކެޔޮ ގަސް ހެއްދުމަށްޓަކައި އެ ރަށުކައުންސިލަށް މިނިސްޓްރީން 50 ބަނބުކެޔޮ ގަސް ހަދިޔާކޮށްފައިވެ އެވެ.
މި ހަރަކާތުގައި އެގްރިކަލްޗަ މިނިސްޓްރީ ބައެއް އިސްވެރިންނާއި ހަނިމާދޫ ކައުންސިލްގެ އިސްވެރިންނާއި މުވައްޒަފުން ވެސް ބައިވެރިވެފައިވެ އެވެ.