ހދ. ނޭކުރެންދޫ ކުއްޖަކު މާލެއިން ގެއްލިގެން ހޯދަމުންދާ ކަމަށް އެރަށު ކައުންސިލުން މިރޭ އިޢުލާންކޮށްފިއެވެ.
ގެއްލިގެން ހޯދަމުންދަނީ އެރަށު 18 އަހަރުގެ ޢައިޝަތު ލަމިޔާއެވެ.
ފުލުހުން މިރޭ މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ، 18 އަހަރުގެ އަންހެނަކު ގެއްލިފައިވާ މައްސަލައެއް މިއަދު 13:00 ހާއިރު ރިޕޯޓުކުރުމާ ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މިގޮތުން ފުލުހުން ބުނީ އޭނާ ހޯދަނީ ރޭ ގެއިން ނިކުތް ގޮތަށް ޚަބަރެއް ވެފައިނުވާތީ ފުލުހުންނަށް ރިޕޯޓުކުރުމާ ގުޅިގެން ކަމަށެވެ.
މީގެ އިތުރުން އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.