ގެއްލިގެން ހޯދި 18 އަހަރުގެ ލަމްޔާ ފެނިއްޖެ

ޚަބަރު ފަހުގެ

އާންމުކޮށް ގެއްލިގެން ހޯދާ މީހުންގެ ވަނަވަރު ފުލުހުން އާންމުކުރެއެވެ. ނަމަވެސް، އިއްޔެ ގެއްލިގެން ހޯދި މީހާގެ ވަނަވަރު ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ގެއްލިގެން ހޯދަމުން ދިޔައީ އައިޝަތް ލަމްޔާ ނަމަކަށް އަންހެނެކެވެ.

އިޝްތިހާރު
އިޝްތިހާރު

އޭނާ ގެއްލިގެން ހޯދުމަށް ސޯޝަލް މީޑިއާގައި ވެސް އާއްމުކުރިއެވެ.

ފުލުހުން ބުނީ 18 އަހަރުގެ އަންހެނަކު ގެއްލިފައިވާ މައްސަލައެއް އިއްޔެ 13:00 ހާއިރު ރިޕޯޓުކުރުމުން އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އޭނާ ހޯދަން ފެށީ ރޭ ގެއިން ނިކުތް ގޮތަށް ހަބަރެއް ވެފައިނުވާތީ އާއިލާއިން އެކަން ރިޕޯޓުކުރުމާ ގުޅިގެންކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ ރޭ ގާތްގަނޑަކަށް 12:15 ހާއިރު އޭނާ ފެނިފައި ވާކަމަށެވެ. އަދި އެ ޒުވާނާގެ ހާލު ރަނގަޅު ކަމަށްވެސް ފުލުހުން ބުނެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ