ލޯންޗަކާއި ޑިންގީއެއް ޖެހި ތިން މީހަކަށް އަނިޔާވެއްޖެ

ޚަބަރު ފަހުގެ

ޅ. މަޑިވަރު އެއާޕޯޓާ ދިމާ ކަނޑުމަތިން ލޯންޗަކާއި ޑިންގީއެއް ޖެހި ހިނގި އެކްސިޑެންޓުގައި ތިން މީހަކަށް އަނިޔާވެއްޖެ އެވެ.

މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނެފައި ވަނީ އެކްސިޑެންޓު ހިނގާފައިވާ މައްސަލަ ރިޕޯޓުކޮށްފައި ވަނީ ރޭ 8:26 ހާއިރު ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އެ އެކްސިޑެންޓުގައި ޑިންގީގައި ތިބި ތިން މީހުނަށް އަނިޔާވުމާ ގުޅިގެން ޅ. އަތޮޅު ހޮސްޕިޓަލަށް ފަރުވާ ދިނުމަށް ގެންދިޔަ ކަަމަށް ފުލުހުން ބުންޏެވެ.

ފުލުހުން މިއަދު ބުނީ އެކްސިޑެންޓުގައި އަނިޔާވި ޑިންގީގެ ކެޕްޓަނާއި އިތުރު މީހަކު، އިތުރު ފަރުވާއަށް ރޭ މާލެ ގެނެސްފައިވާ ކަމަށެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި އެކްސިޑެންޓަށް ފަހު ޑިންގީ ގެއްލިފައިވާ ކަމުގަ އެވެ. ޑިންގީ ހޯދުމަށް ކުރި މަސައްކަތުން ފެނިފައި ނުވާ ކަމަށާއި ބެލެވެނީ އަޑިއަށް ގޮސްފައިވާ ކަމަށެވެ.

ފުލުހުން ދަނީ މި އެކްސިޑެންޓުވި މައްސަލަ ތަހުގީގު ކުރަމުންނެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ