ވިލިފުށީ ފަޅުތެރޭގައި އޮތް ތެޔޮބޯޓެއްގައި އަލިފާން ރޯވެއްޖެ

ޚަބަރު ފަހުގެ

މި ހާދިސާގައި ދެ މީހަކަށް އަނިޔާވެ ފަރުވާ ދެވެމުން އަންނަ ކަމަށްވަނީ މައުލޫމާތު ލިބިފައެވެ. ރިޕޯޓްތައް ބުނާ ގޮތުން، އެއީ، ބޯޓުގެ ވެރި ފަރާތާއި އަދި ބޯޓުގައި މަސައްކަތް ކުރާ ބިދޭސީއެކެވެ. އިތުރު ތަފްސީލެއް އަދި ނުލިބެއެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި ތ. ވިލިފުށީ ފަޅުތެރޭގައި އޮތް ތެޔޮބޯޓެއްގައި އަލިފާން ރޯވެގެން، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑްގެ ފަޔަރ ކޮމްޕޯނަންޓްގެ ސިފައިން ދަނީ އަލިފާން ނިއްވުމުގައި ހަރަކާތްތެރިވަމުންމެވެ.

އިޝްތިހާރު
އިޝްތިހާރު

މި ހާދިސާގެ މަޢުލޫމާތު ލިބިފައިވަނީ މިއަދު 09:41 ގައި ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ