އިމިގްރޭޝަނުން ބިދޭސީ އަންހެނަކު ހޯދަނީ

ޚަބަރު ފަހުގެ

އެ އިދާރާ އަށް ހާޒިރު ވާން އަންގާފައި ވަނީ ކޮލަމްބިއާ އަށް ނިސްބަތްވާ 35 އަހަރުގެ އަންހެނެކެވެ.

އިމިގްރޭޝަނުން ބުނީ މިއަދުން ފެށިގެން ފަސް ދުވަހުގެ ތެރޭގައި އޭނަ އެ އިދާރާ އަށް ހާޒިރުވާން އަންގާ ކަމަށެވެ. އަދި އެ މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާ ނަމަ 9199017 އަށް ނުވަތަ އިިމިގްރޭޝަންގެ މެއިލް info@immigration.gov.mv މެދުވެރިކޮށް ހިއްސާކޮށް ދޭން ވެސް އެދިފައިވެ އެވެ.

އިޝްތިހާރު
އިޝްތިހާރު

ނަމަވެސް އެ މީހާ ހޯދަނީ ކޮން ކަހަލަ މައްސަލައަކާ ގުޅިގެން ކަމެއް އިމިގްރޭޝަނުން ހާމައެއް ނުކުރެ އެވެ.

އެ އިދާރާ އިން އަންނަނީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދަން ބޮޑު އޮޕަރޭޝަނަށް ހިންގަމުންނެވެ

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ