މާލެ އިން މީހަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ފަށައިފި

ޚަބަރު ފަހުގެ

އެމީހާ އަކީ މާލޭގައި ދިރިއުޅޭ ފުވައްމުލަކު ސިޓީއަށް ނިސްބަތްވާ މީހެކެވެ. އުމުރުން 34 އަހަރުގެ ސާމީ އަބްދުލް ހަމީދު ނަމަކަށް ކިޔާ އެމީހާގެ ހަބަރެއް އެންމެ ފަހުން ވެފައި ވަނީ މިދިޔަ މަހުގެ 25ވަނަ ދުވަހުއެވެ.

އެ ދުވަހުގެ ފަހުން އޭނާގެ އެއްވެސް ހަބަރެއް ނުވާ ކަމަށް އާއިލާ އިން ފުލުހުންނަށް މައުލޫމާތު ދީފައިވެއެވެ. އެ މައްސަލަ ފުލުހުންނަށް ރިޕޯޓު ކޮށްފައި ވަނީ އިއްޔެގެ ވަގުތެއްގައެވެ.

އިޝްތިހާރު
އިޝްތިހާރު

ފުލުހުން ބުނީ މިހާތަނަށް އޭނާ ހޯދިފައި ނުވާ ކަމަށެވެ. އެހެންކަމުން އޭނާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ ގަލޮޅު ޕޮލިސް ސްޓޭޝަން ނަންބަރު 9790092 އަށް ގުޅައިގެން ރިޕޯޓުކުރަން އެދޭ ކަމަށް ފުލުހުން ބުންޏެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ