ގެއެއްގެ ތެރޭ މީހަކު ރަހީނުކޮށް އަނިޔާކުރިކަމުގެ ތުހުމަތުގައި، ކުށުގެވެށިން މީހަކު ހައްޔަރުކޮށްފި

ޚަބަރު ފަހުގެ

މާލޭގެ ގެއެއްގެ ތެރޭގައި މީހަކު ރަހީނުކޮށް އަނިޔާކުރިކަމުގެ ތުހުމަތުގައި، ކުށުގެވެށިން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ގެއެއްގެ ތެރޭގައި މީހަކު ހިފަހައްޓައި، އަނިޔާކުރާކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް އިއްޔެ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

މި މައްސަލައާ ގުޅިގެން ފުލުހުންގެ ތަހުގީގުން ކުރި މަސައްކަތުން އެމީހާ ހުރިތަން ހޯދައި މިއަދު އެމީހާ ސަލާމަތްކޮށް، މި މައްސަލައިގެ ތުހުމަތުގައި ކުށުގެވެށިން ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަަށް ފުލުހުން ވިދާޅުވިއެވެ.

އެގޮތުން މި މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވަނީ އައްޑޫ ސިޓީ ފޭދޫ، ސުވާސާގެ / އިބްރާހިމް ސައީދު (48އ.) އެވެ.

ރަހީނުކޮށްގެން ގެންގުޅެ، އަނިޔާ ކޮށްފައިވާ މީހާއަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗްއަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. އަނިޔާ ކޮށްފައިވަނީ 44 އަހަރުގެ ދިވެހި ފިރިހެނަކަށެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ