ހަނިމާދޫ އެއާޕޯޓު ވިއްކާލަންކަމަށްބުނެ ދެކެވެނީ ދޮގު ވާހަކަތަކެއް: ސައީދު

ޚަބަރު ފަހުގެ

މި ސަރުކާރުން އުޅެނީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު އިންޑިއާގެ އަދާނީ ގުރޫޕަށް ވިއްކާލަން ކަމަށް ބުނެ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ދެއްކެވި ވާހަކަތައް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ދޮގުކުރައްވައިފި އެވެ.

މިިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ޕީއެންއެފުން ބޭއްވި ފްރޮންޓް އޮފީސް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޔާމިން ވިދާޅުވީ އެ އެއާޕޯޓް ނިމުމަކާ ހިސާބަށް ގޮސްފައިވަނީ އިންޑިއާ ސަރުކާރުން ވަރަށް ބޮޑަށް އެހީވެގެން ކަމަށްވާއިރު، މި ސަރުކާރުން ވިއްކާލަން ނިންމާފައިވާ ތަންތަނުގެ ތެރޭގައި އެތަން ވެސް ހިމެނޭ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އެ ވާހަކަތަކަށް ރައްދު ދެއްވައި މިނިސްޓަރު ސައީދު “އެކްސް”ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ “ހަނިމާދޫ އެއަޕޯޓު ބޭރުގެފަރާތަކަށް ވިއްކާލަން ނުވަތަ ކުއްޔަށް ދޭން އުޅޭކަމަށް ބުނެ ފަތަރަމުންދާ ވާހަކައާއި، މިކަމާ ބެހޭގޮތުން ސިންގަޕޫރުގައި ބަޔަކާ ބައްދަލުކުރިކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަކީ ބުހުތާނުދޮގެއް.” ކަމަށެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއު ފަށާފައިވަނީ 18 ޖެނުއަރީ 2023 ގައެވެ. އިންޑިއާގެ އެގްޒިމް ބޭންކާއި ދިވެހި ސަރުކާރާ ދެމެދު 2019 ވަނަ އަހަރު ސޮއިކުރި ކްރެޑިޓް ލައިންގެ ދަށުން ކުރިއަށް ގެންދާ އެ މަޝްރޫއުގެ ދަށުން އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ ޖާގައިގެ ޓާމިނަލެއް އިމާރާތް ކުރާނެއެވެ.

މިދިޔަ އަންގާރަ ދުވަހު އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބުވަނީ އެ މަޝްރޫއުގެ 88 ޕަސެންޓު ނިމިފައިވާ ކަމަށާއި އަންނަ ސެޕްޓެންބަރަށް އެއްކޮށް ނިމޭނެ ކަމަށް ވިދާޅުވެފަ އެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ