ކުދިންނަށް ބުލީކުރަން ހިންގާ ޕޭޖުތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

ޚަބަރު ފަހުގެ

ސްކޫލް ދަރިވަރުންގެ މެދުގައި ސައިބަރ ބުލީންގެ އަމަލުތައް އިތުރުވަމުން ދާތީ، މާލޭގެ 22 ސްކޫލަކަށް ނިސްބަތްވާ އިންސްޓަގްރާމް ކޮންފެޝަން ޕޭޖުތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ފުލުހުންގެ ސައިބަރ ކްރައިމް ސެންޓަރުން މި މައްސަލަ ބެލުމަށް ހާއްސަ ފިޔަވަޅުތަކެއް އަޅަމުންދާއިރު، އިތުރު 20 ކޮންފެޝަން ޕޭޖެއްގެ މައްސަލަ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން (އެފް.ސީ.ޕީ) އާއި ސައިބަރ ކްރައިމް ސެންޓަރު ގުޅިގެން ދަނީ ތަހުގީގު ކުރަމުންނެވެ.

އިޝްތިހާރު
އިޝްތިހާރު

ފުލުހުން ބުނިގޮތުގައި، މިފަދަ ޕޭޖްތައް އުފައްދައި ހިންގަމުންދަނީ ގިނަ ފަހަރަށް ސްކޫލް ދަރިވަރުންނެވެ. އަދި މި ޕޭޖްތަކުގައި އެހެން ދަރިވަރުންނާއި މުދައްރިސުންނާ ބެހޭ ގޮތުން ދޮގު މަޢުލޫމާތު ފެތުރުމާއި، މަލާމާތްކުރުމާއި، ފުރައްސާރަކުރުން ހިމެނެއެވެ.

މި ޕޭޖްތަކުގައި ޝާއިޢުކުރާ ކޮންޓެންޓްގެ ސަބަބުން ދަރިވަރުންނަށް ނަފްސާނީ ގޮތުން ބޮޑެތި ގެއްލުންތައް ވަމުންދާކަން ފާހަގަކުރެވިފައިވާއިރު، މިއީ ދުވަހުން ދުވަހަށް އިތުރުވަމުން އަންނަ ކަންބޮޑުވުމެއް ކަމަށް ފުލުހުން ބުނެފައިވެއެވެ.

ފުލުހުންގެ ފަރާތުން މި މައްސަލަ ސީރިއަސްކޮށް ބަލަމުންދާއިރު، މިފަދަ ޕޭޖްތައް ހިންގާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އެޅޭނެ ކަމަށް ފުލުހުން ބުންޏެވެ.

އަދި މިފަދަ ޕޭޖްތަކުގައި ހިއްސާކުރެވޭ މަޢުލޫމާތުތަކަކީ ކުށެއްގެ ގޮތުގައި ބެލެވޭނެ ކަމަށްވެސް ފުލުހުން ވަނީ އިންޒާރު ދީފައެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ