އައިލެންޑް އޭވިއޭޝަންގެ އިންޖިނިއަރިން ސަރވިސް ބިލްޑިން ހުޅުވައިފި

ޚަބަރު ފަހުގެ

މި އިމާރާތަކީ އެ ކުންފުނީގެ އިންޖިނިއަރިން ޑިޕާޓްމަންޓްގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި އަލްމަރްހޫމް އަލީ ފިރާޤްގެ ނަންދެވިފައިވާ “އަލީ ފިރާޤް އިންޖިނިއަރިން ސަރވިސް ބިލްޑިން” އެވެ.

ވީއައިއޭގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި އިމާރާތް ހުޅުއްވައިދެއްވީ ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީނާއި އައިލެންޑް އޭވިއޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ގިޔާސްއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މި އިމާރާތުގެ މަޝްރޫޢު ފެށިގެން އައީ 2015 ވަނަ އަހަރު އަލްމަރްހޫމް އަލީ ފިރާޤްގެ ޚިޔާލަކާ އެކުގައެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އައިލެންޑް އޭވިއޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ގިޔާސް ވިދާޅުވި ގޮތުގައި މި އިމާރާތާއެކު އެކުންފުނިން ދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރެވޭނެއެވެ.

“މި އިމާރާތުން އަޅުގަނޑުމެންގެ މުވައްޒަފުންނަށް ގިނަގުނަ ފަސޭހަތަކެއް ލިބިގެންދާނެ. އަދި މަސައްކަތް ކުރުމުގެ މާހައުލު ރަނގަޅުކުރެވި މަސައްކަތުގެ ފެންވަރު އިތުރަށް ރަނގަޅުކުރުމުގެ ފުރުސަތު ފަހިވެގެންދާނެ.” ގިޔާސް ވިދާޅުވިއެވެ.

މި އިމާރާތަކީ ކުންފުނީގެ މަތިންދާ ބޯޓުގެ ސްޕެއަރތައް ބެލެހެއްޓުމަށް ޚާއްސަކުރެވިގެން އެޅި ފުރަތަމަ އިމާރާތެވެ. އަދި މިއީ ކުންފުނީގެ މުސްތަޤްބަލަށް ކުރެވުނު ވަރަށް ބޮޑު އިންވެސްޓްމަންޓެއްކަން އެމްޑީ އިޔާސް ފާހަގަކުރެއްވިއެވެ.
އައިލެންޑް އޭވިއޭޝަނުން ބުނާ ގޮތުގައި، އެ ކުންފުނީގެ މާލީ ހާލަތު ރަނގަޅުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ އިރު، ކުންފުންޏަށް ލިބޭ އާމްދަނީ ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމަށް އެކުންފުނިން އިސްކަން ދެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ