މޯލްޑިވިއަނުން ޗައިނާގެ އިތުރު ސިޓީއަކަށް ދަތުރުތައް ފަށަން ތައްޔާރުވެއްޖެ

ޚަބަރު ފަހުގެ

އައިލޭންޑް އޭވިއޭޝަން ސާވިސެސް (އައިއޭއެސް) އިން އޮޕަރޭޓްކުރާ، ގައުމީ އެއާލައިނުން މި ފަހަރު ދަތުރުތައް ފަށަން ނިންމާފައި ވަނީ ޗައިނާގެ ޝެންޒެންއަށެވެ. އެގޮތުން ފުރަތަމަ ދަތުރު ފަށާނީ މި ރެ އެވެ.

މޯލްޑިވިއަނުން ގެނައި ވައިޑް-ބޮޑީ ބޯޓާ އެކު މި އަހަރުގެ ކުރީކޮޅުން ފެށިގެން އަންނަނީ ޗައިނާގެ ތިން ސިޓީއަކަށް ޝެޑިއުލް ދަތުރުތައް ކުރަމުންނެވެ. އެއީ ޗެންޑޫ، ބެއިޖިން އަދި ޝެންހާއީ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މޯލްޑިވިއަނުން ބުނީ ހަތަރު ވަނަ ސިޓީއެއްގެ ގޮތުގައި ޝެންޒެން އަށް ކުރަން ނިންމާފައި ވަނީ ސީޒަނަލް ދަތުރުތަކެކެވެ. އެގޮތުން އަންނަ މަހުގެ 21 އާ ހަމައަށް ހަމައަށް ހަފުތާއަކު ދަތުރެއް ބާއްވާނެ އެވެ.

ޗައިނާ އަކީ މިހާރު ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން ވެސް އަންނަ ގައުމެވެ. މި މަހުގެ 5 އާ ހަމައަށް އެ ގައުމުން އައި ޓޫރިސްޓުންގެ އަދަދު 148،951 އަށް އަރަ އެވެ. މިދިޔަ އަހަރު ވެސް ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އައީ ޗައިނާއިންނެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ