ފެނަކަ ބޯޑުގެ ޗެއަރޕާސަންގެ މަޤާމަށް ހުސެއިން ޝާމް އަދާމް

ޚަބަރު ފަހުގެ

ފެނަކަ ކޯޕަރޭޝަންގެ ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެެއަރޕާސަންގެ މަޤާމަށް ހުސެއިން ޝާމް އާދަމް އައްޔަން ކުރައްވައިފިއެވެ.

ހުސެއިން ޝާމް އާދަމްއަކީ މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރުގެ މަޤާމުވެސް އަދާކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ފެނަކައިގެ ބޯޑުގެ ޗެެއަރޕާސަންގެ މަޤާމަށް ޝާމް އައްޔަންކޮށްފައިވަނީ އެ މަޤާމުގައި ކުރިން ހުންނެވި، އެސްޓީއޯގެ މެނޭޖިންް ޑިރެކްޓަރ ޝިމާދް އިބްރާހިމް މަޤާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ. ޝިމާދު ފެނަކައިގެ ބޯޑުގެ ޗެއަރޕާސަންކަމަށް އައްޔަންކޮށްފައިވަނީ މިދިޔަ އަހަރު ސެޕްޓެމްބަރު މަހުއެވެ. ޝިމާދު މަޤާމުން އިސްތިއުފާއި ދެއްވުމާއި ގުޅިގެން އެ މަޤާމަށް މާލީ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޝާމް އައްޔަންކުރައްވާފައިވާކަން ފެނަކައިން ވަނީ ކަށަވަރުކޮށްދެއްވާފައެވެ.

ޝާމް އެ މަޤާމަށް އައްޔަން ކުރުމާއި ގުޅިގެން ފެނަކައިން ވަނީ އޭނާއަށް މަރުހަބާ ދަންނަވާފައެވެ. އަދި އޭނާ ކުންފުންޏާއި ގުޅިވަޑައިގަތުމަކީ ލިބިގެން ދިޔަ ކުރިއެރުމެއް ކަމަށް ފެނަކައިން ވިދާޅުވިއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ