ހަނިމާދޫ ކައުންސިލް އެމްޑީޕީ ހަތަރު މެންބަރުން ދެވަނަ ދައުރަކަށް ނުކުންނަން މަޝްވަރާކޮށްފި

ހަނިމާދޫ ފަހުގެ

ހަނިމާދޫ ކައުންސިލްގައި ހިމެނޭ އެމްޑީފީ ހަތަރު މެންބަރުން ދެވަނަ ދައުރަކަށް ވާދަކުރަން މަޝްވަރާކޮށްފިއެވެ. މިމެންބަރުންނަކީ ހަނިމާދޫ ކައުންސިލްގެ ރައީސް ޢަބުދުލް ސައްތާރު ހަސަން، ނައިބު ރައީސް ފިރާގު މުޙައްމަދު، މެންބަރ އަލީ އިބުރާހިމް އަދި މެންބަރ ނާޒިޔާ އެވެ.

މިގޮތަށް އެމެންބަރުންނާއި މަޝްވަރާކުރީ ކުޅުދުއްފުށީ ގައި އެމްޑީޕީ ބާއްވާ ބޮޑު ޖަލުސާގައި ބައިވެރި ވުމަށް ކުރީގެ ރައީސް އިބުރާހިމް މުޙައްމަދު ޞާލިހު ކުރައްވާ ދަތުރުގައި ރޭ ހަނިމާދޫއަށް ޒިޔާރަތްކޮށް މިއަދު އެމްޑީޕީ މެންބަރުންނާއި ބައްދަލުކޮށް ކުރިއަށް ގެންދިއަ ހަރަކާތުގައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މި ބައްދަލު ކުރުމުގައި ހަނިމާދޫ ދާއިރާ މެންބަރު އަބުދުލް ގަފޫރު މޫސާ ވަނީ ބައިވެރި ވެލައްވާފައެވެ.

މީގެއިތުރުން އެބައްދަލު ވުމުގައިވަނީ ލޯކަލް ކައުންސިލް އިންތިހާބު ކަންތައްތައް ކުރިއަށް ގެންދާނެ ގޮތާއި ޕާޓީ ހަރަކާތްތައް ވަރުގަދަ ކުރަން މަޝްވަރާ ކޮށްފައެވެ.

އެޑިޓޯރިއަލްގެ ބަސް: “ހަނިމާދޫ ކައުންސިލް އެމްޑީޕީ ހަތަރު މެންބަރުން ދެވަނަ ދައުރަކަށް ނުކުންނަން ނިންމައިފި” މައުލޫމާތު ފުށޫ އެރުމާއި ގުޅިގެން ވަނީ އެ ލިއުން ސާއިރު ކުރިފަހުން އިސްލާހު ކުރެވިފައެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ