ހަނިމާދޫގައި ވޯޓަރ ސްޕޯޓްސް ޚިދުމަތް ދޭ ތަނެއް ހުޅުވައިފި

ހަނިމާދޫ ފަހުގެ

އޭވައި ވޯޓަރ ސްޕޯޓްސް ނަމުގައި ހަނިމާދޫގައި، ވޯޓަރ ސްޕޯޓްސް ޚިދުމަތް ދޭ ތަނެއް މިއަދު ހުޅުވައިފިއެވެ. މިތަން ހުޅުވާފައިވަނީ ސަންސެޓް ރެސްޓޯރެންޓާއި ދިމާލު ދެކުނަށް ވާ ގޮތަށެވެ.

މިއީ މިވަގުތު އާއްމުންނާއި ފަތުރުވެރިނަށް ވޯޓަރ ސްޕޯޓްސް ޚިދުމަތް ލިބޭހެން ހަނިމާދޫގައި ހުރި ހަމައެކަނި ތަނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އޭވައި ވޯޓަރ ސްޕޯޓްސް ވުޖޫދަށް ގެނެސްފައިވަނީ ޒުވާން ދެމަފިރިން ކަމަށްވާ މޫސާ އަނަސް އާއި އާމިނަތު މަލްދާ ފައިސަލް އެވެ. އޭވައި ވޯޓަރ ސްޕޯޓްސް ހުޅުވައި ދެއްވާފައިވަނީ އަނަސްގެ ލޮބުވެތި މާމަ އަލްތާފް އަޙްމަދު އެވެ.

އޭވައި ވޯޓަރ ސްޕޯޓްސް އިން ޖެޓްސްކީ، ބަނާނާ، ސޯފާ ޓިއުބް، ގުލާސް ބޮޓަމް، ކަޔަކް، ނީ ބޯޑް، ވޭކް ބޯޑް، މޮނޯ ޚިދުމަތް ލިބޭއިރު، މި ޚިދުމަތްތައްވަނީ ޕެކޭޖްތަކަކަށް ބަހާލައިފައެެވެ. އެއީ ކަޕަލް ޕެކޭޖް، މީޑިއަމް ޕެކޭޖް ،ޕްރޯ ރައިޑަރ އަދި ލެސަންސް ޕެކޭޖްއެވެ.

“ބުކިން ހެއްދެވުމަށް އަޅުގަނޑު މެންގެ ނަންބަރަށް ގުޅުއްވާލައްވާ، ނަންބަރަކީ 9899550 ” އަނަސް

މިނޫހަށް މައުލޫމާތު ހިއްސާކުރަމުން އަނަސް ބުނީ ފަތުރުވެރިންނާއި އާއްމުންނަށް މިފަދަ ޚިދުމަތެއް ތައާރަފު ކުރުމުގައި އާއިލާގެ އެންމެހައި މެންބަރުންގެ އެއްބާރުލުން ވަރަށް ފުރިހަމައަށް ލިބިފައި ވާކަމަށެވެ. ވަކިން ޚާއްސަކޮށް އަންހެނުންގެ ބައްޕަ އާއި މަންމަގެ ފަރާތުން ލިބިގެން ދިއަ އެއްބާރުލުން އޭނާ ފާހަގަ ކޮށް އެކަމަށް ޝުކުރު އަދާ ކޮށްފައިވެއެވެ.

މީގެ އިތުރުން ގާތް ރައްޓެހިންގެ ފަރާތުން ލިބުނު އެއްބާރުލުން ވެސް ފާހަގަ ކުރަމުން، އަައިމަން މުޙައްމަދު، ލޫތު ޝަފީޢު ޢަލީ، އަޙްމަދު ނާފިޒް އަދި މުޙައްމަދު ނާސިކްގެ ނަން ޚާއްސަ ގޮތެއްގައި ފާހަގަކޮށްފައިވެއެވެ.

އޭވައި ވޯޓަރ ސްޕޯޓްސްގެ ޚިދުމަތާއިއެކު ހަނިމާދޫ ފަތުރުވެރިކަމަށް އިތުރު ކުރިއެރުންތައް ލިބިގެން ދާނެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ