ހުޅުމާލޭގެ ފްލެޓެއްގެ އެޕާޓްމެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ޚަބަރު ފަހުގެ

އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ ހުޅުމާލެ ފޭސް އެކެއްގައި ހުންނަ ޗައިނާ ޓައުން ޕާކުގައި ހުންނަ 94 ވަނަ ފްލެޓްގެ 3 ވަނަ ފަންގިފިލާގައި ހުންނަ އެޕާޓްމެންޓެއްގައެވެ.

އެމްއެންޑީއެފްއިން ބުނީ، އެ އެޕާޓްމަންޓުގައި އަލިފާނުގެ ހާދިސާއެއް ހިނގެން ސިފައިން ހަރަކާތްތެރިވެ މިހާރު އަލިފާންގަނޑު ކޮންޓްރޯލް ކޮށްފައިވާ ކަމަށެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު މިހާތަނަށް ހާމަކޮށްފައި ނުވާއިރު މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިވާ ކަމުގެ މައުލޫމާތު ލިބިފައި ނުވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އެމްއެންޑީއެފް އިން ވަނީ އަލިފާނުގެ ހާދިސާ ހިނގި އެޕާޓްމެންޓުގެ ފޮޓޯއެއް ހިއްސާކޮށްފައެވެ. އެ ފޮޓޯއިން ފެންނަ ގޮތުގައި އެ އެޕާޓްމަންޓުގެ ކޮޓަރީގައި ބަހައްޓާފައި ހުރި ބަންކު ބެޑުގެ ގޮދަޑި އެއްކޮށް އަނދާފައިވާއިރު އެނދު ވެސް ވަނީ ވަރަށް ބޮޑަށް އަނދާފައެވެ.

ސޯޝަލް މީޑިއާގައި އާންމުވި ވީޑިއޯއިން ފެންނަނީ ހުޅުގަނޑު ފަޅައިގެންގޮސް ކުޑަ ދޮރުން ބޭރަށް ވެސް އަލިފާން ފެތުރިފައިވާ މަންޒަރު ފެނުނެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ