ގެއްލިގެން ހޯދަމުންދިޔަ ޒަކަރިއްޔާގެ ހަށިގަނޑު ފެނިއްޖެ

ޚަބަރު ފަހުގެ

ގދ. ގައްދޫން ފުރައިގެން އެ އަތޮޅު ފަޅު ރަށެއް ކަމަށްވާ ގަމަށް ދަތުރުކަނިކޮށް ގެއްލުނު ޒަކަރިއްޔާ މުހައްމަދުގެ ހަށިގަނޑު ގަމު ކޮޅަށް ލައްގާފައި އޮއްވާ ފެނިއްޖެއެވެ.

ކުޑަ ޑިންގީއެއްގައި އެކަނި ދަތުރު ކުރަނިކޮށް ގެއްލުނު ޒަކަރިއްޔާ 79، ހޯދުމުގެ އޮޕަރޭޝަން ކުރިއަށްގެންދާތާ ދެ ދުވަސް ވެއްޖެއެވެ. ޖުލައި 10 ވަނަ ދުވަހުގެ ހެނދުނު ދިޔަ ޒަކަރިއްޔާގެ ހަބަރެއް ނުވެގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ އެ ދުވަހުގެ ހަވީރެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ފުލުހުން ކުރިން ވިދާޅުވި ގޮތުގައި އެ ދުވަހުގެ ހެނދުނު 11:15 ހާއިރު އެމީހާ ގަމުން ފުރާފައިވާ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. އެމީހާ އެންމެ ފަހުން ފެނުނުއިރު، ލައިގެން ހުރީ ނޫކުލައިގެ އަތްކުރު ގަމީހަކާއި ކަޅު ކުލައިގެ ސޯޓެކެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ގަމު ކޮޅުން ޒަކަރިއްޔާ ފެނިގެން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ 11:45 ހާއިރު ކަމަށެވެ.

ޒަކަރިއްޔާ ހޯދުމުގެ އޮޕަރޭޝަންގައި ކަނޑުމަގުން 2307.99 އަކަ ނޯޓިކަލް މޭލު އަދި ވައިގެމަގުން 3039.68 އަކަ ނޯޓިކަލް މޭލުގެ ބޮޑު ސަރަހައްދެއް އެމްއެންޑީއެފް ކޯސްޓްގާޑުން ބަލާފައިވާ ކަމަށް އެމްއެންޑީއެފް އިން ކުރިން ވިދާޅުވެފައެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ