‘މަރާލާފައި’ ވަނީ އެ ރަށު އޯކިޑްމާގޭ، އަބްދުއްރަހުމާން، 65، އެވެ.
ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ، މާޅޮހުގެ ގެއެއްގައި ނިދާފައި އޮތް މީހަކަށް ބޮޑެތި ޒަހަމްތަކެއް ދިނުމުގެ ސަބަބުން ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާ ދެމުން ދާކަމުގެ މައުލޫމާތު ލިބުނީ ރޭ މެންދަމު 1:50 ހާއިރު ކަމަށެވެ.
އެނގިފައިވާ ގޮތުގައި އަބްދުއްރަހުމާން މަރުވީ ރޭ މެންދަމު ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާދެމުން ދަނިކޮށެވެ. އޭނަ އަށް ދިން ހަމަލާތަކުގައި އެންމެ ބޮޑަށް ގެއްލުންވެފައި ވަނީ ބޮލަށް ކަމަށް އެނގިފައިވެ އެވެ.
މި މައްސަލަ ތަހުގީގުކުރުމަށް މާލެއިން ޓީމެއް މާޅޮހަށް ގޮސް ދަނީ ހަރަކާތްތެރިވަމުންނެވެ. މި މައްސަލައާ ގުޅިގެން މާޅޮހަށް އަރައި ފައިބާ މީހުން މޮނިޓަރކުރުމުގެ މަސައްކަތް ފުލުހުން އަންނަނީ ކުރަމުންނެވެ.


