މަސްތުވާތަކެއްޗާއެކު ދުވާފަރުން ހަތަރު މީހަކު ހައްޔަރުކޮށްފި

ޚަބަރު ފަހުގެ

ދުވާފަރު ޕޮލިހަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި ޖުލައި މަހުގެ 7 ވަނަ ދުވަހާއި 9 ވަނަ ދުވަހު ހިންގި ދެ އޮޕަރޭޝަނަކީ އެ ރަށުގައި މަސްތުވާތަކެތި ގެންގުޅެ އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ.

މި ދެ އޮޕަރޭޝަނުގެ ތެރެއިން، މި މަހު 9 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ރ. ދުވާފަރު / ފިނިރޯޅި، އުމުރުން 31 އަހަރުގެ އާދަމް އިބްރާހީމް އާއި ރ. ދުވާފަރު / މަރިޔާދުގެ، 37 އަހަރުގެ އިބްރާހީމް ސިނާން އާއި ރ. ކަނދޮޅުދޫ / ސަކީނާމަންޒިލް، 51 އަހަރުގެ ޢަބްދުﷲ އާދަމް އެވެ

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މި މަހު 7 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ރ. ދުވާފަރު / ވިލާ، 25 އަހަރުގެ ޢަބްދުﷲ ޝާއިފް އެވެ.

މި ހަތަރު މީހުން ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއްހުރި ކަރުދާސްކޮޅުތަކެއް ފެނިފައިވެއެވެ.

މި ހަތަރު މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ހަތަރު މީހުން ވެސް 30 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.

ދުވާފަރު ޕޮލިސް ސްޓޭޝަނުން ގެންދަނީ މި މައްސަލަތައް ތަހުގީގު ކުރަމުންނެވެ.

މަސްތުވާތަކެތީގެ މައްސަލައެއްގައި މިދިޔަ މަހުގެ 26 ވަނަ ދުވަހު ވެސް ދުވާފަރުން މީހަކު ހައްޔަރުކޮށްފައިވެއެވެ. އެ ފަހަރު ހައްޔަރުކުރީ 33 އަހަރުގެ ރ. ދުވާފަރު / ހުރަސްތާ، ޢަބްދުﷲ ޢަލީ އެވެ. އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފަސް ރަބަރު ޕެކެޓު ފެނިފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ