ހަނިމާދޫ ވޮލީބޯޅަ މުބާރާތް 2025 ފަށައިފި، އުންމީދު ފެށުން ރަނގަޅުކޮށްފި

ކުޅިވަރު ހަނިމާދޫ ފަހުގެ

ހދ. ހަނިމާދޫ ވޮލީބޯޅަ މުބާރާތް 2025 ރޭ ފަށައިފިއެވެ. މި މުބާރާތަކީ އަންހެން އަދި ފިރިހެން ދެޖިންސަށް ބަހާލައިގެން ކުރިއަށްގެންދާ މުބާރާތެކެވެ.

މި މުބާރާތުގައި އަންހެން ޑިވިޝަންގައި ވާދަކުރާ ޓީމުތަކަކީ އުންމީދު، ވިންގްސް އަދި ހިޔަލަ އެވެ. ފިރިހެން ޑިވިޝަންގައި ވާދަކުރާ ޓީމުތަކަކީ މުގުރު، އެކަތަ އަދި ފަލްކަން އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މުބާރާތުގެ ގަވާއިދު ހަމަޖެހިފައިވާ ގޮތުން، ކޮންމެ ޑިވިޝަނެއްގައިވެސް ކޮންމެ ޓީމެއް ކޮންމެ ޓީމަކާ އެއްފަހަރު ވާދަކުރާނެއެވެ. އެއަށްފަހު ނަތީޖާއަށް ބަލައި އެއްވަނަ އަދި ދެވަނަ ހޯދާ ދެ ޓީމު ފައިނަލުގައި ވާދަކުރާ ގޮތަށް ވަނީ ހަމަޖައްސާފައެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ އަންހެން ޑިވިޝަންގެ އުންމީދު ޓީމާއި ވިންގްސް ޓީމެވެ. މި މެޗު 3-1 ސެޓުން ކާމިޔާބުކޮށް މުބާރާތުން ރަނގަޅު ފެށުމެއް އުންމީދު ޓީމުން ވަނީ ހޯދާފައެވެ.

މެޗުގެ ސެޓުތަކުގެ ނަތީޖާއަށް ބަލާއިރު:
*ފުރަތަމަ ސެޓު: ވިންގްސް 23 – އުންމީދު 10
* ދެވަނަ ސެޓު: ވިންގްސް 16 – އުންމީދު 25
* ތިންވަނަ ސެޓު: ވިންގްސް 18 – އުންމީދު 25
* ހަތަރުވަނަ ސެޓު: ވިންގްސް 19 – އުންމީދު 25

މި މުބާރާތުގެ އަންހެން ޑިވިޝަންގެ ފައިނަލް މެޗު މިމަހު 16 ވަނަ ދުވަހުގެ ރޭ 20:30 ގައި ކުޅުމަށް ހަމަޖެހިފައިވާއިރު، ފިރިހެން ޑިވިޝަންގެ ފައިނަލް މެޗު މިމަހު 17 ވަނަ ދުވަހުގެ ރޭ 20:30 ގައި ކުޅުމަށް ވަނީ ހަމަޖެހިފައެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ