ހަނިމާދޫ ކައުންސިލުން އެކި ދާއިރާތަކުގެ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ހަނިމާދޫ ފަހުގެ

ހަނިމާދޫ ކައުންސިލުން އެރަށުގެ ރައްޔިތުންނާއި، ޚާއްސަކޮށް ސްކޫލް ދަރިވަރުންނަށް ޢިލްމީ އަދި ހުނަރުވެރިކަން އިތުރުކުރުމުގެ މަގުސަދުގައި ކުރު މުއްދަތުގެ ތަފާތު ކޯސްތަކެއް ކުރިއަށް ގެންދިއުމަށް ނިންމާ، މި ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި ކޯސްތައް ހިންގާނީ އެ ދާއިރާތަކުން ފަންނީ ގާބިލު އަދި ތަޖުރިބާކާރު ބޭފުޅުންނެވެ.

ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި، މި ކޯސްތަކަކީ ހަނިމާދޫގެ ރައްޔިތުންގެ މެދުގައި ހުނަރުވެރިކަން އިތުރުކޮށް، ތަފާތު ދާއިރާތަކުން ކުރިއަށް ދިއުމަށް ބޭނުންވާ ފައުންޑޭޝަން ދިނުމުގެ މަޤްސަދުގައި ހިންގާ ކޯސްތަކެކެވެ. މި ކޯސްތަކުގެ މުއްދަތަކީ ޖުމްލަ 7 ދުވަހެވެ. އަދި ޚާއްސަ ގޮތެއްގައި ފާހަގަކޮށްލަންޖެހޭ ކަމަކީ، މި ހުރިހާ ކޯސްތަކަކީ ވެސް ބައިވެރިވާ ފަރާތްތަކުން އެއްވެސް ފީއެއް ދައްކާކަށް ނުޖެހޭ، ހިލޭ ކޯސްތަކެއް ކަމެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ހުޅުވާލެވިފައިވާ ކޯސްތަކުގެ ތެރޭގައި ހިމެނެނީ:

* ޅެން ހަދަން ދަސްކޮށްދޭ ބޭސިކް ލެވަލް ކޯސް: މި ކޯހަށް ސްކޫލް ދަރިވަރުންނަށް ޚާއްސަ 30 ޖާގަ އަދި ޢާންމު ފަރާތްތަކަށް ޚާއްސަ 30 ޖާގަ ހަމަޖައްސާފައިވެއެވެ.
* ބަނދި ހަދަން ދަސްކޮށްދޭ ބޭސިކް ލެވަލް ކޯސް: މި ކޯހަށް ވެސް ސްކޫލް ދަރިވަރުންނަށް ޚާއްސަ 30 ޖާގަ އަދި ޢާންމު ފަރާތްތަކަށް ޚާއްސަ 30 ޖާގަ ހަމަޖައްސާފައިވެއެވެ.
* ވާހަކަ ލިޔުމުގެ ކޯސް: މި ކޯހަށް ސްކޫލް ދަރިވަރުންނަށް ޚާއްސަ 30 ޖާގަ އަދި ޢާންމު ފަރާތްތަކަށް ޚާއްސަ 30 ޖާގަ ހަމަޖައްސާފައިވެއެވެ.
* ފޮޓޯ ނެގުމާއި، ލައިޓިން އަދި ފޮޓޯޝޮޕް އެޑިޓިންގް ކޯސް: މި ކޯހަށް 30 ޖާގަ ހަމަޖައްސާފައިވެއެވެ.
* ވީޑިއޯ ނެގުމާއި އެޑިޓިންގ ކޯސް: މި ކޯހަށް 30 ޖާގަ ހަމަޖައްސާފައިވެއެވެ.
* އޯޑިއޯ ރެކޯޑިން އަދި އެޑިޓިންގ ކޯސް: މި ކޯހަށް 30 ޖާގަ ހަމަޖައްސާފައިވެއެވެ.
* ސްކްރިޕްޓް އަދި ސްކްރީން ޕްލޭ ލިޔުން ކޯސް: މި ކޯހަށް 30 ޖާގަ ހަމަޖައްސާފައިވެއެވެ.
* ފަންސޫރު ކުރެހުމުގެ ކޯސް: މި ކޯހަށް 30 ޖާގަ ހަމަޖައްސާފައިވެއެވެ.
* ފެންކުލަ އަދި ތެޔޮކުލައިން ކުރެހުމުގެ ކޯސް: މި ކޯހަށް 30 ޖާގަ ހަމަޖައްސާފައިވެއެވެ.

މި ކޯސްތަކުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން ހަނިމާދޫ ކައުންސިލުން ދޫކުރާ ޚާއްސަ ފޯމު ފުރިހަމަ ކުރުމަށްފަހު، 2025 ވަނަ އަހަރުގެ ޖުލައި މަހުގެ 24 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ކައުންސިލް އިދާރާއަށް ހުށަހެޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

މި ފުރުސަތަކީ ހަނިމާދޫގެ ރައްޔިތުންނަށް، ޚާއްސަކޮށް ޒުވާނުންނާއި ސްކޫލް ދަރިވަރުންނަށް ތަފާތު ހުނަރުތައް ދަސްކޮށް، ކުރިއަރައިދިއުމަށް ލިބޭ ރަނގަޅު ފުރުސަތެކެވެ.

ބައިވެރިވާ ބޭފުޅުންގެ ފޯރމް

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ