މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ، އެމްޓީސީސީން ވިދާޅުވީ، މިއަހަރުގެ މެއި މަހުގެ 14 ވަނަ ދުވަހުން ފެށިގެން މިމަހުގެ 8ވަނަ ދުވަހާ ހަމައަށް ޖުމްލަ 18 ކައުންސިލަކާއި ފެރީ ޓާމިނަލްތަކާއި، ފެރީ ސްޓޮޕްތައް ޙަވާލުކުރެވިފައިވާކަމަށެވެ.
އޭގެތެރެއިން، 6 ރަށެއްގެ ކައުންސިލާ ފެރީ ޓާމިނަލް ޙަވާލުކޮށްފައިވާއިރު، 12 ރަށެއްގެ ކައުންސިލާ ވަނީ ފެރީ ސްޓޮޕްތައް ޙަވާލުކޮށްފައެވެ. މިހުރިހާ ފެރީ ސްޓޮޕްތަކާއި ޓާމިނަލްތަކަކީވެސް ރާއްޖޭގެ އެންމެ އުތުރުގެ 3 އަތޮޅަށް ނިސްބަތްވާ ރަށްތަޖުގައި ހަފާދައިވާ ތަންތަނެވެ.
ފެރީ ޓާމިނަލްތައް ޙަވާލުކުރެވުނު ކައުންސިލްތައް:
* ހދ. ހަނިމާދޫ ކައުންސިލް
* ހއ. ހޯރަފުށީ ކައުންސިލް
* ހއ. އިހަވަންދޫ ކައުންސިލް
* ށ. ބިލެތްފަހި ކައުންސިލް
ށ. ފުނަދޫ ކައުންސިލް
*.ހއ. ދިއްދޫ ކައުންސިލް
ފެރީ ސްޓޮޕްތައް ޙަވާލުކުރެވުނު ކައުންސިލްތައް:
* ހދ. ފިނޭ ކައުންސިލް
* ހއ. މުރައިދޫ ކައުންސިލް
* ހއ. މޮޅަދޫ ކައުންސިލް
* ހއ. މާރަންދޫ ކައުންސިލް
* ހއ. ތުރާކުނު ކައުންސިލް
* ހއ. އުލިގަމު ކައުންސިލް
* ށ. ފޭދޫ ކައުންސިލް
* ށ. ކޮމަންޑޫ ކައުންސިލް
* ހދ. ވައިކަރަދޫ ކައުންސިލް
* ހދ. ކުމުންދޫ ކައުންސިލް
* ށ. ގޮއިދޫ ކައުންސިލް
* ހއ. ބާރަށު ކައުންސިލް


