ހދ. ހަނިމާދޫ ވޮލީބޯޅަ މުބާރާތުގެ ޗެމްޕިއަންކަން، ކުޅުނު ހުރިހާ މެޗަކުން މޮޅުވެ “އުއްމީދު” ހޯދައިފި

ހަނިމާދޫ ފަހުގެ

ހދ. ހަނިމާދޫގައި ކުރިއަށްދިއަ ވޮލީބޯޅަ މުބާރާތް 2025 ގެ ޗެމްޕިއަންކަން، މުބާރާތުގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެ “އުއްމީދު” ޓީމުން ހޯދައިފިއެވެ.

ރޭ ކުޅުނު ފައިނަލް މެޗުގައި އުއްމީދު ޓީމު ވާދަކުރީ “ވިންގްސް” ޓީމާ ދެކޮޅަށެވެ. ވަރަށް ވާދަވެރިކޮށް ކުރިއަށްދިޔަ މި ފައިނަލް މެޗުގައި “އުއްމީދު” ޓީމުން ވަނީ “ވިންގްސް” ޓީމުގެ މައްޗަށް ސީދާ 3 ސެޓުން ކުރިހޯދައިފައެވެ. ސެޓުތައް ނިމިފައިވަނީ 26-25، 25-21، އަދި 25-24 އިންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މުބާރާތުގެ ފައިނަލް މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޗެމްޕިއަން ޓީމު “އުއްމީދު” ގެ އައިޝަތު މަޖީދާ (ޖާޒީ ނަންބަރު 10) އެވެ.

މުބާރާތުގެ އެންމެ މޮޅު ލިބަރޯއަކަށް ހޮވުނީ އުއްމީދު ޓީމުގެ ރަޝީދާ އިސްމާއިލް (ޖާޒީ ނަންބަރު 18) އެވެ.

މީގެއިތުރުން، މުބާރާތުގެ ފެއާ ޕްލޭ ޓީމަކަށް ހޮވުނީ “ހިޔަލަ” ޓީމެވެ.

މުބާރާތުގައި ފާހަގަކޮށްލެވުނު 6 ކުޅުންތެރިންގެ ތެރޭގައި ވިންގްސް ޓީމުން ސަހުމީލާ އަބުދުލް ހަކީމް (ޖާޒީ ނަންބަރު 12)، ނިރްމާނީ ސޮލްޗަނަރ ޖަޔަވަދްނާ (ޖާޒީ ނަންބަރު 5)، އަދި ހައްވާ އަބުދުލް ކަރީމް (ޖާޒީ ނަންބަރު 2) ހިމެނެއެވެ. ޗެމްޕިއަން ޓީމު “އުއްމީދު” އިން އައިޝަތު މަޖީދާ (ޖާޒީ ނަންބަރު 10)، ފާތިމަތާ ޖޫޒާން ޒަރީރު (ޖާޒީ ނަންބަރު 11)، އަދި ޢާއިޝަތު މުޙައްމަދު (ޖާޒީ ނަންބަރު 9) ފާހަގަކޮށްލެވެއެވެ.

ފޮޓޯ: ހަނިމާދޫ ކައުންސިލް

މި މުބާރާތުގެ ފިރިހެން ބައިގެ ފައިނަލް މެޗު މިއަދު ހަވީރު 16:30 ގައި ކުޅުމަށް ހަމަޖެހިފައިވާއިރު، މި މެޗުގައި ވާދަކުރާނީ “މުގުރު” ޓީމާއި “އެކަތަ” ޓީމެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ