ވިނަރެސް ޓަވަރުން ވެއްޓުނު 18 އަހަރުގެ ޒުވާނާ ނިޔާވެއްޖެ

ޚަބަރު ފަހުގެ

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ވިނަރެސް އަށް ވަނަ ޓަވަރު މަތިން ވެއްޓުނު 18 އަހަރުގެ ޒުވާނާ ނިޔާވެއްޖެއެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ވިނަރެސް އަށް ވަނަ ޓަވަރުން މީހަކު ވެއްޓުމާ ގުޅިގެން ފުލުހުން މިހާރު ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ. ވެއްޓުނު 18 އަހަރުގެ ދިވެހި ފިރިހެން މީހާ އަށް ފަރުވާ ދިނުމަށް ގެންދިޔައީ ހުޅުމާލެ ހޮސްޕިޓަލަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ހުޅުމާލެ ހޮސްޕިޓަލުން ވިދާޅުވީ އެ ޒުވާނާއަށް ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެނައިއިރު ވެސް ހަރަކާތެއް ނެތް ކަމަށެވެ. އަދި ސީޕީއާރު ދިނުމަށް ފަހު، ހާލަތަށް ބަދަލު ނައުމާ ގުޅިގެން ނިޔާވި ކަމަށް ޑޮކްޓަރުން ކަނޑައަޅާފައިވާ ކަމަށް ވެސް އެ ހޮސްޕިޓަލުން ވިދާޅުވިއެވެ.

ފުލުހުން ގެންދަނީ އެމީހާ ވެއްޓުނު ހާދިސާ ތަހުގީގު ކުރަމުންނެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ