ކުޑަފަރީ އާއި މާފަރުގެ ހެލްތް ސެންޓަރު އަޕްގްރޭޑްކުރަން ހަވާލުކޮށްފި

ޚަބަރު ފަހުގެ

ކުޑަފަރީ ސިއްހީ މަރުޒަކުގެ އައު އިމާރާތުގެ މަސައްކަތްކުރުމަށް ހަވާލުކޮށްފައިވަނީ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އާއެވެ.

ހެލްތު މިނިސްޓްރީގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ހެލްތު އިސްމާއިލް ޝަރީފްއެވެ. އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ރިޓަޔަރޑް އަޙްމަދު ސައުދީއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

360 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކުރި މިމަޝްރޫއުގެ އަގަކީ 27،635،152.40 ރުފިޔާއެވެ.

ނ.މާފަރު ސިއްހީ މަރުކަޒު އަޕްގްރޭޑްކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ފެނަކަ ކޯޕަރޭޝަނާއެވެ. މިކަމާ ގުޅޭ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ހެލްތު އިސްމާއިލް ޢަބްދުﷲއެވެ. ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުހައްމަދުއެވެ.

450 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކުރި މިމަޝްރޫއުގެ އަގަކީ 10،900،000.93 ރުފިޔާއެވެ.

މި ޕްރޮޖެޓްގެ ދަށުން މާފަރު ސިއްހީ މަރުކަޒު ގައި ހަތަރު އެނދުގެ ވޯޑެއް އިތުރުކޮށް، ޕްރައިވެޓް ރޫމަކާއި، ނާސް ސްޓޭޝަން، މީޓިންގ ހޯލް، ޕަބްލިކް ހެލްތު ޔުނިޓްގެ އިތުރުން ޕޯޓިކޯ ގާއިމްކުރެވިގެންދާނެކަމަށް މިނިސްޓްރީން ބުންޏެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ