ނަފްސާނީ އެކިއެކި އުނދަގޫތައް ހުންނަ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދޭ ގައުމީ ހެލްޕްލައިންގެ ހިދުމަތް އަލުން ފަށާފައިވާކަމަށް ނެޝަނަލް މެންޓަލް ހެލްތު ޑިޕާރޓްމަންޓުން ބުނެފިއެވެ.
ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ހެލްޕްލައިންގެ ހިދުމަތް އިއްޔެ މެދުކެނޑުނެވެ. އެއާއެކު ނަފްސާނީ އެހީތެރިކަމަށް ބޭނުންވެއްޖެނަމަ ގުޅޭނެ ވަގުތީ ނަމްބަރެއް ތައާރަފްކުރިއެވެ.
ނެޝަނަލް މެންޓަލް ހެލްތު ޑިޕާރޓްމަންޓުން ބުނީ، ނަފްސާނީ އެހީތެރިކަމެއް ބޭނުންވެއްޖެ ހާލަތެއްގައި މިހާރު 24 ގަޑިއިރު ހިދުމަތް ފޯރުކޮށްދޭ ހިލޭ ގުޅޭ ނަންބަރު، 1677 އަށް ގުޅޭނެ ކަމަށެވެ.
21 ފެބްރުއަރީ 2023 ގައި ފެށި މި ހެލްޕްލައިންގެ މައިގަނޑު މަގްސަދަކީ ނަފްސާނީ ގޮތުން އުނދަގޫވާ އެކިއެކި ހާލަތްތަކުގައި އަދި ނަފްސާނީ ބަލި ހުންނަ އެކި އުމުރުފުރައިގެ މީހުންނަށް، 24 ގަޑިއިރު ނަފްސާނީ ފުރަތަމަ އެހީތެރިކަން ފޯރުކޮށްދިނުމެވެ.


