އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާ ވަހިކަމަށް އެއް ބިލިއަން ކަނޑައަޅާނަން: ރައީސް

ޚަބަރު ފަހުގެ

އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމަށް އެއް ބިލިއަން ރުފިޔާ ކަނޑައަޅާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ނ. މާފަރުގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ބޯހިޔާވަހިކަމުގެ މައްސަލައަކީ މާފަރެކޭ އެއްގޮތަށް މުޅި ރާއްޖެއަށް ވެސް ކުރިމަތިވެފައިވާ ބޮޑު މައްސަލައެއް ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ރައީސް ވިދާޅުވީ އަންނަ އަހަރަށް މާފަރުގައިވެސް ސަރުކާރުން ބޯހިޔާވަހިކަމުގެ ޕްލޭންކޮށް މަޝްރޫއެއް ހިންގާނެ ކަމަށެވެ. އެގޮތުން 2026ގެ ތެރޭގައި ބަޖެޓުގެ ތެރެއިން ނިއު ޕޮލިސީ އިނީޝިއޭޓިވްސްގެ ތެރޭގައި ބޯހިޔާވަހިކަމަށް އެއް ބިލިއަން ރުފިޔާ ކަނޑައަޅާނެ ކަމަށާއި އޭގެ ތެރޭގައި ބޯހިޔާވަހިކަމުގެ އާ މަޝްރުއުތައް ފަށާނެ ރަށެއްގެ ގޮތުގައި މާފާރު ހިމެނޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މިއަހަރަށް ސަރުކާރުން 56.6 ބިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅާފައި ވާއިރު، މި ބަޖެޓުގައި ބޯހިޔާވަހިކަމަށް ވަނީ ތިން ބިލިއަން ރުފިޔާ ކަނޑައަޅައިފައެވެ. ބޯހިޔާވަހިކަމާ ގުޅޭ ލޯނުތަކަށް ބިލިއަނެއް ކަނޑައަޅައިފައިވެއެވެ. އަދި 1.8 ބިލިޔަން ރުފިޔާ ބޯހިޔާވަހިކަމުގެ އާ މަޝްރޫއުތައް ހިންގުމަށް ކަނޑައަޅާފައިވެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ