މޯދީ އަންނާތީ އަމާޒުވި ފާޑުކިޔުންތަކަށް ހަލީލުުގެ ރައްދެއް

ޚަބަރު ފަހުގެ

ރާއްޖޭގެ މިނިވަން ކަމަށް ބުރޫ އަރާ ކަމަކަށް ސަރުކާރުން ފުރުސަތު ނުދޭނެ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޚަލީލް ވިދާޅުވެއްޖެ އެވެ.

މި މަހުގެ 26 ގައި ފާހަގަކުރާ ރާއްޖޭގެ 60 ވަނަ މިނިވަން ދުވަސް ފާހަގަކުރުމުގެ ރަސްމިއްޔާތުގެ ޝަރަފުވެރި މެހުމާނަކަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ހަމަޖެއްސެވުމާއި ގުޅިގެން އަމާޒުވި ފާޑުކިޔުމަކަށް ރައްދު ދެއްވައި މިނިސްޓަރު ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ ރާއްޖޭގެ އެކިއެކި މުނާސަބަތުތައް ފާހަގަކުރުމުގެ ގޮތުން ބޭރުގެ ބޭފުޅުންނަށް ދައުވަތު ދީގެން ހާއްސަ މެހުމާނުންގެ ގޮތުގައި ވަޑައިގެންނެވުމަކީ އާ ކަމެއް ނޫން ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އަދި އެއީ ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް މިކަން މި ގޮތަށް ކުރާ ކަމަށާއި މިކަންކަން ކުރަނީ އެ ގައުމުތަކާ އެކު އޮންނަ ޒަމާންވީ ގާތް ގުޅުން ރަމްޒުކޮށް ދިނުމުގެ ގޮތުން ކަމަށް ވިދާޅުވި އެވެ.

ހަލީލު ވިދާޅުވީީ ނުކުރާަންވީ ކަމަކީ އެފަދަ ގުޅުންތަކުގެ ތެރެއިން ރާއްޖޭގެ ސިޔާދަތީ ބާރު ވެރިކަމަށް މިދިޔަ ސަރުކާރުން ކުރި ކަހަލަ ކަންކަން ކަމަށާއި މިނިވަން ކަމަށް ބުރޫ އަރާފަދަ ކަންކަމަށް ފުރުސަތެއް ނުދިނުން ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މި ސަރުކާރުން އެކަން ކަށަވަރުކޮށް ދެމުން އަންނަ ކަމަށާއި ރާއްޖޭގެ ހާރިޖީ ސިޔާސަތު ފެށެނީ ދިވެހި ގައުމާއި ރައްޔިތުންގެ ފައިދާއަށް އިސްކަން ދިނުމާ ހިސާބުން ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ