އައްޑޫގައި، ސްޕާއެއްގެ ހުއްދައިގެ ދަށުން ހިންގި ތަނެއްގައި ހަށިވިއްކަމުން ދިޔަ ދެ މީހަކު ހައްޔަރުކޮށްފި އެވެ.
“ތިލިންފަރު ބިއުޓީ ސެލޫން އެންޑް ސްޕާ”ގެ ނަމުގައި އެ ތަން ހިންގަމުން ދިޔައީ ސ. މީދޫގަ އެވެ.
ފުލުހުން ބުނީ އެ ތަނުގައި ހަށިވިއްކާ ކަމުގެ ތުހުމަތުގައި މިދިޔަ އާދިއްތަ ދުވަހު ހިންގި އޮޕަރޭޝަނުގައި ދެ މީހުން ހައްޔަރު ކޮށްފައިވާ ކަމަށެވެ.
އެ މައްސަލާގައި ހައްޔަރުކުރީ ސ. މަރަދޫ، އާބާދީމަންޒިލް، ނަވާލް ހުސައިން 25، އާއި ތައިލެންޑަށް ނިސްބަތްވާ، ތައިޔޮންލައްޑާ ސުކްސުވަންގް 36 އެވެ.
އެ ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރު ކުރުމުން ދެ މީހުން ވެސް ވަނީ 15 ދުވަހަށް ބަންދު ކޮށްފަ އެވެ.


