ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެޑައިގަތުމަށް އަވައްޓެރި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް މިއަދު ވަޑައިގެންފިއެވެ.
މޯދީއަށް ވެލާނާ އެއާޕޯޓުން މަރުހަބާ ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުއެވެ.
ބޮޑުވަޒީރު މޯދީގެ މި ދަތުރަކީ ރައީސް މުހައްމަދު ޑރ. މުއިއްޒުގެ ދައުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ. މި ދަތުރުގައި މޯދީ އާއި މުއިއްޒާ ދެމެދު ރަސްމީ މަޝްވަރާތަކެއް ކުރިއަށް ގެންގޮސް ބައެއް އެއްބަސްވުންތަކުގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
ރައީސް މުއިއްޒުގެ އިތުރުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުއާ ވެސް މޯދީ ބައްދަލު ކުރައްވަން ވަނީ ހަމަޖެހިފައެވެ. މި ބައްދަލުވުންތައް ކުރިޔަށް ގެންދަން ހަމަޖެހިފައިވަނީ ވަކިވަކިންނެވެ.


