މިނިވަން ދުވަހާއި ގުޅިގެން ބަންދުވިޔަސް ޕާސްޕޯޓްގެ ހިދުމަތް ލިބޭނެ

ޚަބަރު ފަހުގެ

މިނިވަން ދުވަހާ ގުޅިގެން ބަންދުވާ ދުވަސްތަކުގައި ޕާސްޕޯޓުގެ ޚިދުމަތް މެދުނުކެނޑި ކުރިއަށްދާނެ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފި އެވެ.

އިމިގުރޭޝަނުން ބުނީ، އިމުގާ ޕޯޓަލް މެދުވެރިކޮށް 24 ގަޑިއިރު ޕާސްޕޯޓަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މީގެ އިތުރުން، 65 އަހަރުން މަތީގެ ފަރާތްތަކަށާއި އިމަޖެންސީ ހާލަތްތަކުގައި އިމިގްރޭޝަން އޮފީހަށް ހާޒިރުވެގެންވެސް ޕާސްޕޯޓަށް އެދި ހުށަހެޅުމުގެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށްވެސް އިމިގުރޭޗަނުން ބުނެފައިވެ އެވެ.

އިމިގުރޭޝަނުން ބުނީ، އަންނަ ހޮނިހިރު ދުވަހު އިމިގްރޭޝަން އޮފީހަށް ހާޒިރުވެގެން ޕާސްޕޯޓަށް އެދި ހުށަހެޅުމުގެ ފުރުސަތު ހެނދުނު 9:00 އިން މެންދުރު 12:00 އަށް ހުޅުވާލެވިފައިވާއިރު، ޕާސްޕޯޓާ ހަވާލުވުމަށް ނަންބަރު ދޫކުރުންވެސް އެ ގަޑީގައި ކުރިއަށްދާނެ ކަމަށެވެ.

މީގެ އިތުރުން، އާދިއްތަ އަދި ހޯމަ ދުވަހު އިމިގްރޭޝަނަށް ހާޒިރުވެގެން ޕާސްޕޯޓަށް އެދި ހުށަހެޅުމުގެ ޚިދުމަތް ހެނދުނު 8:30 އިން މެންދުރުފަހު 2:00 އަށް ލިބެން ހުންނާނެ ކަމަށްވެސް އިމިގުރޭޝަނުން ބުނެފައިވެ އެވެ.

އިމިގްރޭޝަނުން އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މެޑިކަލް އެމަޖެންސީ ހާލަތްތަކުގައި 9555333 ނަންބަރާ ގުޅުއްވުމަށް އަންގަވާފައިވެ އެވެ. އަދި ބަންދު ދުވަސްތަކުގައި ޕާސްޕޯޓުގެ ޚިދުމަތް ލިބެން ހުންނާނީ ހަމައެކަނި މާލެ ސަރަހައްދުގައި ހިމެނޭ ޕާސްޕޯޓު އޮފީސްތަކުން ކަމަށްވެސް އިމިގްރޭޝަނުން ހާމަކުރެއްވި އެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ