އިންޑިއާއިން ދިވެހި ސިފައިންނަށް 72 ވެހިކަލް ހަދިޔާކޮށްފި

ޚަބަރު ފަހުގެ

މިތަކެތި ހަދިޔާކޮށްފައިވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުތަ މޯދީ މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޚޫގެ ތެރެއިން ހުކުރު ދުވަހު ހަވީރި ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައެވެ.

އިންޑިއާއިން ހަދިޔާކުރި ވެހިކަލްތަކުގެ ރަމްޒީ ތަޅުދަނޑި ދިވެހި ސަރުކާރާއި ހަވާލުކޮށްދެއްވީ ބޮޑުވަޒީރު ނަރެންދުރަ މޯދީއެވެ. ދިވެހި ސަރުކާރުގެ ފަރާތުން ހަވާލުވެވެޑައިގަތީ ރައީސް ޑރ. މުހައްމަދު މުއިއްޒުއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އިންޑިއާއިން ދިވެހި ސިފައިންނަށް ހަދިޔާކުރި ވެހިކަލްތައް

* 27 ގޮނޑީގެ އަށް ބަސް
* 10 ޕިކަޕް
* 10 ވޭން (ކުޑަ)
* 10 ވޭން
* 5 ލޮރީ
* 8 ޓްރެކްޓަރު
* 4 ޓިޕާ ޑަމްޕް ޓްރަކް
* 4 ބެކްހޯ ލޯޑަރު
* 2 ކެރޭން
* 6 އެކްސްކަވޭޓަރު (މިނީ)
* 5 އެކްސްކަވޭޓަރު

މިި ވެހިކަލްތަކަކީ މި އަހަރުގެ ކުރީކޮޅު ޑިފެންސް މިނިސްޓަރު މުހައްމަދު ގައްސާން މައުމޫން އިންޑިއާއަށް ކުރެއްވި ދަތުރުގައި އެ ގައުމުގެ ޑިފެންސް މިނިސްޓަރު ރާޖްނާތު ސިންހާ އެކު ސޮއިކުރެއްވި އެއްބަސްވުމެއްގެ ދަށުން ދޭން ނިންމި ވެހިކަލްތަކެކެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ