ސަލާމަތީ ބާރުތަކުގެ އެންމެ މަތީ ވެރިޔާ އަދި ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްސަ މެޑަލް ސިފައިންގެ 3 އޮފިސަރަކާއި ފުލުހުންގެ 3 އޮފިސަރަކަށް ދެއްވައިފިއެވެ. މެޑަލް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.
މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދިވެހި ސިފައިންނާއި ފުލުހުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްސަ މެޑަލް 6 ބޭފުޅަކަށް ވަނީ އަރުއްވާފައެވެ. އަދި ސިފައިންގެ ތެރެއިން ދިގު މުއްދަތެއްގައި ޚިދުމަތް ކުރުމުގެ މެޑަލް 2 ބޭފުޅަކަށް އަރުއްވާފައިވާއިރު، ސިފައިންނާއި ފުލުހުންގެ މަތިވެރި ޚިދުމަތުގެ މެޑަލް 11 ބޭފުޅަކަށް ވަނީ ދެއްވާފައެވެ.
މި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްސަ މެޑައްޔާއި، ސިފައިންގެ ޚިދުމަތަށް ދިގުމުއްދަތެއްގައި ޚިދުމަތް ކުރުމުގެ މެޑައްޔާއި، ސިފައިންނާއި ފުލުހުންގެ މަތިވެރި ޚިދުމަތުގެ މެޑަލް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.
ސިފައިންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްސަ މެޑަލް
* ވޮރެންޓް އޮފިސަރ 2 އަބްދުﷲ ސާސަން
* ސަރޖަންޓް މޭޖަރ އަޙުމަދު މުޖުތަބާ
* ސަރޖަންޓް ފަސްޓް ކްލާސް އަޙުމަދު އަލީ
ސިފައިންގެ ތެރެއިން ދިގު މުއްދަތެއްގައި ޚިދުމަތް ކުރުމުގެ މެޑަލް
* ބްރިގޭޑިއާ ޖެނެރަލް އަބްދުﷲ އިބްރާހިމް
* ބްރިގޭޑިއާ ޖެނެރަލް ޑރ. ހުސެއިން އިބްރާހިމް
ސިފައިންގެ މަތިވެރި ޚިދުމަތުގެ މެޑަލް
* ކާނަލް ހުސެއިން އަލީ
* ކަރނަލް ޢަލީ މަނިކު
ފުލުހުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްސަ މެޑަލް
* އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ޝަރީފް
* އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އާސިމް އަބްދުﷲ
* ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އިސްމާއިލް ޝަމީމް އާދަމް
ފުލުހުންގެ މަތިވެރި ޚިދުމަތުގެ މެޑަލި
* ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު އަޒުހާން
* ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ފާތިމަތު ނަޝްވާ
* ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޖުތަމާ އަބްދުއްސައްތާރު
* ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މަރިޔަމް އަޒްމާ
* ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙުމަދު ފަސީހު
* ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢަލީ ފާއިޒް
* ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އިބްރާހިމް ޒާހިރު
* ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އިބްރާހިމް މުޙައްމަދު
* އިންސްޕެކްޓަރ އޮފް ޕޮލިސް އާދަމް ޝިހާމް
ދިވެހިރާއްޖޭގެ މިނިވަން ދުވަސް ކޮންމެ އަހަރަކުވެސް ފާހަގަކުރަނީ ޖުލައި މަހުގެ 26 ވަނަ ދުވަހުއެވެ. މި ދުވަސް ފާހަގަކުރަނީ އިނގިރޭސީންގެ ހިމާޔަތުން ރާއްޖެއަށް މިނިވަންކަން ލިބުނު ދުވަސް ފާހަގަކުރުމުގެ ގޮތުންނެވެ.


