މާވަށުގައި ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައިވަނީ އެރަށު، ނަލަހިޔާ، މޫސާ އިބްރާހިމް (29އ) އެވެ. އޭނާގެ ކަރަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާއިރު، ހޮސްޕިޓަލަށް ގެންދެވުނުއިރު ވެސް އޮތީ މަރުވެފައެވެ.
ފުލުހުން ވިދާޅުވީ، މި މައްސަލައާއި ގުޅިގެން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެގޮތުން ހައްޔަރުކޮށްފައިވަނީ ހދ. ނޮޅިވަރަންފަރު، އަސްރާރީ މަންޒިލް، މުހައްމަދު އިބްރާހިމް (29އ) ކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ، މިހާތަނަށް ބެލިބެލުމުން މި މާރާމާރީއަކީ 2 މީހުންގެ މެދުގައި ހިނގާފައިވާ މާރާމާރީއެއްކަން އެނގިފައިވާ ކަމަށެވެ.
މިމައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.


