200 މީޓަރ ބަޓަރފްލައި އިވެންޓުގެ ޤައުމީ ރެކޯރޑް ރިޙާން އާކޮށްފި

ކުޅިވަރު ފަހުގެ

ފިރިހެނުންގެ ލޯންގްކޯސް 200 މީޓަރ ބަޓަރފްލައި އިވެންޓުގެ ޤައުމީ ރެކޯރޑް މުޙައްމަދު ރިޙާން ޝިހާމް އާކޮށްފިއެވެ.

ސިންގަޕޫރުގައި މިހާރު ކުރިއަށްދާ 22 ވަނަ ވޯލްޑް އެކުއަޓިކްސް ޗެމްޕިއަންޝިޕްސްގައި ރިޙާން މިރެކޯރޑް އާކޮށްފައިވަނީ 02:25.20 އިން ރޭސް ނިންމައިގެންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މިއިވެންޓުގެ ޤަައުމީ ރެކޯޑު އެންމެފަހުން އާކޮށްފައިވަނީވެސް ރިޙާންއެވެ. އެއީ، 2023 ވަނަ އަހަރު ބޭއްވި 19 ވަނަ އޭޝިއަން ގޭމްސްގައި 02:28.17 އިން އިވެންޓު ފުރިހަމަކޮށްގެންނެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ