އެމްޑީޕީގެ ހަރުގެއަށް ގެއްލުން ދީފި

ޚަބަރު ފަހުގެ

އެމްޑީޕީގެ ހަރުގެއަށް ގެއްލުން ދިނީ ރޭ ދަންވަރުގެ ވަގުތެއްގައެވެ. އާއްމުވެފައި ފޮޓޯތަކުން ފެންނަ ގޮތުން އެތަނުގެ ދޮރު ބަޔަކު ވަނީ ހަލާކޮށްލަފައެވެ. އެހެންނަމަވެސް މީ ކޮން ބަޔަކު ކުރިކަމެެއް އަދި އިތުރަށް އެތަނަށް ލިބުނީ ކޮން ގެއްލުމެއްކަމެއް އަދި ނޭނގެއެވެ.

ރޭގެ މި ހާދިސާއަށް ފަހު އެތަނުގައި ފުލުހުން ހަރަކާތްތެރިވިއެވެ. އެހެންނަމަވެސް މިކަމާއި ގުޅިގެން އެމްޑީޕީވެސް ފުލުހުންވެސް އަދި ވަކި އެއްޗެއް ނުބުނެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ދާދި ފަހުންވެސް ވަނީ އެމްޑީޕީގެ ހަރުގެއަށާއި އެމްޑީޕީގެ އެކްޓިވިސްޓެއްގެ ގަޔަށް ބަޔަކު ކަޅު ތެޔޮ ޖަހާފައެވެ. އެމްޑީޕީގެ އެކްޓިވްސްޓް ގަޔަށް ކަޅު ތެޔޮ ޖެހި މައްސަލާގައި މީހަކު ހައްޔަރުވެސް ކުރިއެވެ. ފަހުން އޭނާ ވަނީ ދޫކޮށްލާފައެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ