މަސްތުވާތަކެއްޗާއެކު މާލެއިން 10 މީހުން ހައްޔަރުކޮށްފި

ޚަބަރު ފަހުގެ

މަސްތުވާތަކެތީގެ މައްސަލައެއްގައި މާލެއިން 10 މީހަކު ހައްޔަރުކޮށްފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކަ ގުޅިގެން މާލޭގައި ހިންގި އޮޕަރޭޝަނެއްގައި 10 މީހުން ހައްޔަރުކޮށްފައިވާކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ، ހދ. ނޭކުރެންދޫ ފްލާވަރހައުސް، ޢާއިޝަތު ފައިޚާ ޠާހާ (19އ) އާއި ނ. މަގޫދޫ ، ސާމިޔާނާ، އަކްރަމް މުޙައްމަދު (28އ) އަދި ސ. ހުޅުދޫ، ރޯޝަނީމާގެ، އަޙްމަދު ތައިސީރު (27އ) އެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓު ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި އެ މީހުން ހައްޔަރުކޮށް، އެ މީހުންނާ ގުޅުންހުރިކަމަށް ބެލެވޭ މާލޭގެ ދެ ގެއެއް ބަލައިފާސްކުރިއިރު ތިންފުޅީ ބަނގުރާ އަދި މަސްތުވާތަކެތިކަމަށް ބެލެވޭ ތަކެތި ފެނިފައިވާކަމަށެވެ.

ފެނުނު މަސްތުވާތަކެތީގެ ވަގުތީ ބަރުދަނުގައި 66.92 ގުރާމުހުރިކަމަށް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލައާއި ގުޅިގެން ހައްޔަރުކުރި 10 މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ހަތްމީހުން ވަނީ ޝަރުތުކުރުމަށްފަހު ދޫކޮށްލާފައެވެ. އަދި ތިން މީހުންގެ ބަންދުގެ މުއްދަތުވަނީ އިތުރުކޮށްފައެވެ. މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ