ހާފިޒުންގެ އެލަވަންސް 4،000ރ. އަށް ބޮޑުކޮށްފި

ޚަބަރު ފަހުގެ

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ހާފިޒުންނަށް ދޭ އެލަވަންސް 4،000 ރުފިޔާއަށް ބޮޑުކޮށްފި އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ޤުރުއާން ހިތުދަސްކުރަން ހިތްވަރު ދިނުމުގެ ގޮތުން ރައީސްގެ މުއިއްޒުގެ ވަޢުދާ އެއްގޮތައް ޖުލައި މަހުން ފެށިގެން ޙާފިޒުންގެ އެލަވަންސް ބޮޑުކުރެވިފައިވާ ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

“ޙާފިޒުންނަށް ސަރުކާރުން ދެމުން ދިޔަ 2،000 ރުފިޔާގެ އެލަވަންސް ވަނީ 4،000 ރުފިޔާއަށް ބަދަލުކޮށް މިއަދު ޖަމާކޮށްފައި،” ޝަހީމް ވިދާޅުވި އެވެ.

މިދިޔަ އަހަރުގެ ޖުލައި 16 ގައި ބޭއްވި ހާފިޒުންގެ ދަސްވެނިވުމާއި ގައުމީ ގުރުއާން މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް ބޭއްވި ޖަލްސާގައި ވެސް ރައީސް ވަނީ ހާފިޒުންގެ އެލަވަންސް ދެގުނައަށް ބޮޑުކުރާނެ ކަމަށް ވިދާޅުވެފަ އެވެ.

ރާއްޖޭގައި ޤުރުއާން ހިތުދަސްކުރާ މީހުންގެ ދަފުތަރެއް އެކުލަވާލުމުގެ މަސައްކަތް ވެސް އިސްލާމިކް މިނިސްޓްރީން އަންނަނީ ކުރަމުންނެވެ.

މި ފަސް އަހަރުތެރޭ 500 ހާފިޒުން ބިނާކުރުމަކީ ސަރުކާރުގެ އަމާޒެކެވެ.

 

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ