މާލިއްޔަތު ކޮމިޓީން ޝުޖާއު ވަކިކޮށްފި

ޚަބަރު ފަހުގެ

ވެރިކަން ޕީއެންސީ އަށް ނިސްބަތްވާ ނުފޫޒު ގަދަ މެންބަރެއްގެ ގޮތުގައި ފާހަގަކޮށްލެވޭ ބާރަށު ދާއިރާގެ މެންބަރު މާލިއްޔަތު ކޮމިޓީން މިއަދު ވަކިކުރީ އޭނައާ ގުޅޭ ގޮތުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް އެފްއައިޔޫ) އިން އެކުލަވައިލި ރިޕޯޓެއް ލީކުވެ، ގިނަ ތުހުމަތުތަކެއް އަމާޒުވެ، އެ ރިޕޯޓާ ގުޅޭ މައްސަލަތަކެއް ވެސް ކަމާބެހޭ ފަރާތްތަކުން ބަލަމުން ދަނިކޮށެވެެ.

ސިފައިންގެ ވެލްފެއާ ކޯޕަރޭޓިވް (ސިވެކް) މެދުވެރިކޮށް ޝުޖާއަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކުރި ގޮތުގެ ތަފުސީލުތައް ހިމެނޭ އެފްއައިޔޫގެ ރިޕޯޓް ސޯޝަލް މީޑިއާގައި ވެސް ލީކް، އޭނަގެ މައްޗަށް ގިނަ ތުހުމަތުތަކެއް ކުރެވިފައިވެ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މާލިއްޔަތު ކޮމިޓީން ޝުޖާއު ވަކިކޮށް، އޭނަގެ ބަދަލުގައި ގުރައިދޫ ދާއިރާގެ މެންބަރު ހަނާން މުހައްމަދު ރަޝީދު ކޮމިޓީ އަސް އައްޔަންކުރިކަން މަޖލީހުގެ މިއަދުގެ، ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އިއުލާން ކުރެއްވި އެވެ.

އަދި ގައުމީ ތަރައްގީ އާއި ތަރިކައާ ބެހޭ ކޮމިޓީން ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމްދީދީ (އައިބީ) ގެ ބަދަލުގައި ޝުޖާ ވަނީ އެ ކޮމިޓީއަށް ހަމަޖައްސައިފައެވެ.

ނަމަވެސް މިފަދަ ބަދަލުތަކެއް ގެނައި ސީދާ ސަބަބެއް ހާމައެއްނުކުރައްވަ އެވެ.

 

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ