ފުލުހުން ވިދާޅުވީ ފުވައްމުލަކުގައި ދުއްވާފައި ދިޔަ ސައިކަލެއް ފާރުގައި ޖެހި ކޮންޓްރޯލް ނުވެ ގޮސް އެ ސަރަހައްދުގައި ހުރި މަގުބައްތި ހޮޅިދަނޑީގައި ޖެހި އެކްސިޑެންޓުވެފައިވާ މައްސަލަ ރޭ 2:40 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
މި އެކްސިޑެންޓުގައި ސައިކަލް ދުއްވަން އިން ކުޑަ ކުއްޖާ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން ދަނިކޮށް، ރޭ 3:38 ހާއިރު ނިޔާވެފައިވާ ކަމަށް ފުވައްމުލަކު ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ވިދާޅުވިއެވެ.
ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ފުވައްމުލަކުގައި މީގެ ކުރިން ވެސް އެކްސިޑެންޓްތައް ހިނގައި ބައެއް މީހުންގެ ފުރާނަ ގެއްލިފައިވެ އެވެ.


