ހަނިމާދޫ ކައުންސިލަށް ލިބޭ ޢާމްދަނީ އިން ކުރާ ޚަރަދުގެ ތަފްޞީލު ރައްޔިތުންނާއި ހިއްސާކުރުމަށްޓަކައި ޚާއްސަ ރައްޔިތު ބައްދަލުވުމެއް ބާއްވަން ނިންމައިފިއެވެ.
ކައުންސިލުން ނެރުނު އިއުލާނެއްގައުވާގޮތުން މި ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 21 ވާ ބުރާސްފަތި ދުވަހުގެރޭ 21:00 ގައެވެ.
މި ބައްދަލުވުން ބާއްވަން ހަމަޖެހިފައިވަނީ ހަނިމާދޫ އިޖްތިމާޢީ މަރުކަޒުގެ ހޯލުގައެވެ. ކައުންސިލުން މި ބައްދަލުވުން ބާއްވަން ނިންމާފައިވަނީ ކައުންސިލުގެ މާލީ ކަންކަމުގައި ދެފުށް ފެންނަގޮތަކަށް މަސައްކަތް ކުރުމުގެ ގޮތުންނާއި، ރައްޔިތުންނަށް މައުލޫމާތު ދިނުމުގެ ބޭނުމުގައެވެ.
މި ބައްދަލުވުމުގައި ރައްޔިތުންނަށް ސުވާލު ކުރުމުގެ ފުރުސަތު ދިނުމަށް ވެސް ވަނީ ހަމަޖެހިފައެވެ. ސުވާލު ހުށައަޅަން ބޭނުންވާ ފަރާތްތަކުން، މި މަހުގެ 17 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ކުރިން ސުވާލުތައް ކައުންސިލް އިދާރާއަށް ހުށައެޅުމަށް ކައުންސިލުން ވަނީ އެދިފައެވެ.
ހަނިމާދޫ ކައުންސިލުން ރަށުގެ އެންމެހާ ރައްޔިތުންނަށް މި ބައްދަލުވުމުގައި ބައިވެރިވުމަށް ދަޢުވަތު އަރުވައެވެ.



ކުޅިވަރު ކުޅުން ނޫން ކަމެއް ކުރަން އެނގޭ ކައުންސިލެއްނޫން ރަށުގެ މަލަމަތި ބަނދަރު ރީތި ކޮށްލަން ނުކެރޭ. މިނިސްޓަރުން ގެނެސް ގަސް އިންދާފަ ގަހަށް ފެންދޭނެ ގާބިލުކަން ވެސް ނެތް ތިމީހުންގެ