ހަނިމާދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ “ހަނިމާދޫ ކައުންސިލް ކަޕް 2025” ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އޮކްޓޯބަރ 22 ގައި ފެށުމަށް ތާވަލުކޮށްފައިވާ މި މުބާރާތުގައި ޓީމް ބައިވެރިކުރަން ބޭނުންވާ ފަރާތްތަކުން މި މަހުގެ 18 ވަނަ ދުވަހުގެ 13:30 ގެ ކުރިން އެކަމަށް ހާއްސަކޮށްފައިވާ ލިންކް މެދުވެރިކޮށް ބައިވެރިވުމުގެ ކަންކަން ނިންމުމަށް އެ ކައުންސިލުން އެދެއެވެ.
މި މުބާރާތް ހުޅުވާލާފައިވަނީ ހަނިމާދޫގައި އުފައްދާފައިވާ ޓީމްތަކަށާއި، ހަނިމާދޫގައި ހިންގަމުން އަންނަ ކްލަބް ޖަމިއްޔާ ތަކަށެވެ.
މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 100000 (އެއްލައްކަ) ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި ރަނަރަޕް ޓީމަށް 35000 (ތިރީސްފަސްހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ކަނޑައަޅާފައެވެ.



ޢަދިވެސް މި އުޅެނީ ނުކުޅެވިގެންތަ؟ ޢެއްލައްކަ ރުފިޔާ އަށް އެކްސްރޭ މެޝިނެއް ގެނެސް ސިއްހީ މަރުކަޒަށް ލާބަލަ!