ހަނިމާދޫގައި ކުރިއަށް ގެންދިޔަ ބެޑްމިންޓަންގެ ތަމްރީން ޕްރޮގްރާމް ނިންމާލައިފި

ހަނިމާދޫ ކުޅިވަރު ފަހުގެ

ހަނިމާދޫގައި ކުރިއަށް ގެންދިޔަ ބެޑްމިންޓަންގެ ތަމްރީން ޕްރޮގްރާމް ކާމިޔާބު ކަމާއިއެކު ނިންމާލައިފިއެވެ.

ޖުމްލަ 41 ބައިވެރިންނާއިއެކު މި ތަމްރީން ޕްރޮގްރާމް ކުރިއަށް ގެންގޮސްފައި ވަނީ މި އޮގަސްޓް މަހުގެ 1 ވަނަ ދުވަހުން 10 ވަނަ ދުވަހުގެ ނިޔަލަށެވެ. ހުރިހާ ސެޝަންތަކެއް ކުރިއަށް ގެންގޮސްފައި ވަނީ ހަނިމާދޫ ސްކޫލުގެ މަލްޓިޕާޕަސް ހޯލުގެ ބެޑްމިންޓަން ކޯޓުގައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ފޮޓޯ: ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާ

މި ޕްރޮގްރާމުގައި ސެޝަންތައް ނަންގަވައި ދެއްވާފައި ވަނީ ފުލުހުންގެ އިދާރާގައި މަސައްކަތް ކުރައްވަމުން އަންނަ އަހްމަދު ވަސީމް /ހދ.ނޮޅިވަރަމް އެވެ. ވަސީމަކީ ދިވެހިރާއްޖޭގެ ގައުމީ ބެޑްމިންޓަން ޓީމުގައި ކުޅެ، ބައިނަލްއަގްވާމީ ބެޑްމިންޓަން މުބާރާތްތަކުގައި ދިވެހިރާއްޖެ ތަމްސީލުކޮށްފައިވާ ކުޅުންތެރިއެކެވެ. އޭނާ ވަނީ 2011 އިން 2016 އަށް ގައުމީ މުބާރާތްތަކުގައި ކުޅެފައެވެ. 2016 ވަނަ އަހަރު ކޯޗުކަން ކުރަން ފެށި ވަސީމަކީ 2018 ވަނަ އަހަރު ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަންގެ ލެވެލް 1 ކޮލިފައިޑް ކޯޗެއްގެ ގޮތުގައި ތަމްރީނުވެފައިވާ ފަރާތެކެވެ.

ފޮޓޯ: ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާ

މި ޕްރޮގްރާމަކީ މިދިޔަ ޖުލައި މަހު ކުޅުދުއްފުށީގައި ކުރިއަށް ގެންދިޔަ ބެޑްމިންޓަން އަމްޕަޔަރ ކޯސް ފުރިހަމަކުރި އިލްހާމް މޫސާ / ހދ.ހަނިމާދޫގެ އިސްނެންގެވުމުގެ މަތީން ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއާއި، ހަނިމާދޫ ޕޮލިސް ގުޅިގެން އަދި ހަނިމާދޫ ސްކޫލުގެ އެހީތެރިކަމާއިއެކު ކުރިއަށް ގެންގޮސްފައިވާ ޕްރޮގްރާމެކެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ