ކުޅުދުއްފުށި ޗެމްޕިއަންޝިޕް: ފުރަތަމެޗުން ޓީމް ހަނިމާދޫ (ކެތިއަރާ) ބަލިވެއްޖެ!

ހަނިމާދޫ ކުޅިވަރު ފަހުގެ

ހޯމަ ދުވަހު ހަވީރު ކުޅުދުއްފުށި ޒޯން ސްޓޭޑިއަމްގައި ޓީމް ހަނިމާދޫ (ކެތިއަރާ) 4-2 ގެ ނަތީޖާއަކުން މަގުލަސް އަތުން ބަލިވެއްޖެއެވެ.

މެޗު ފެށިގެން 3 ވަނަ މިނެޓުގައި ކެތިއަރާއިން ވަނީ މެޗުގެ ފުރަަތަމަ ގޯލު ޖަހާ ލީޑު ނަގައިފައެވެ. މިއީ ގޯލު އޭރިޔާގެ ބޭރުން އަރިމަތިން ލިބުނު ހިލޭ ޖެހުމަކުން އެޓީމުގެ ނާއިލް ގޯލު ކުރިމައްޗަށް ހުރަސްކޮށްދިން ބޯޅަ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ޖާޒީ ނަންބަރު 12 އަލީ ހުސައިން (ދަގަނޑޭ) ކާމިޔާބުކޮށްދިން ލަނޑެކެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މަގުލަހަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދިނީ މެޗުގެ 10 ވަނަ މިނެޓުގައި އެޓީމުގެ އަހްމަދު މުހައްމަދު (އައްމަޑޭ) އެވެ. މަގުލަހުގެ ދެވަނަ ގޯލެއްޖަހާ އަލާފް އަހުމަދު ވަނީ ލަނޑެއް ޖަހާ މަގުލަހަށް ލީޑު ނަގައިދީފައެވެ.

ދެވަނަ ހާފު ފަށައިގެން 53 ވަނަ މިނެޓުގައި މަގުލަހުގެ އަހްމަދު މުހައްމަދު (އައްމަޑޭ) ގޯލެއް ޖަހާ ނަތީޖާ 3-1 ބަދަލުކޮށްލިއެވެ.

ނަމަވެސް މެޗުގެ 67 ވަނަ މިނެޓުގައި އިތުރު ގޯލެއް ޖަހާ ކެތިއަރާއިން ވަނީ މެޗުގެ ފަރަގު ކުޑަކޮށްފަ އެވެ. މިލަނޑަކީ އޭރިއާ ތެރެއިން މަގުލަހުގެ ކުޅުންތެރިޔަކު ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއަކުން ދަގަނޑޭ ކާމިޔާބުކޮށްދިން ލަނޑެކެވެ.

ނަމަވެސް މާގިނަރުތަކެއްނުވެ މަގުލަހުގެ 4 ވަނަ ގޯލު ވަނީ ކަމިޔާބު ކޮށްފައެވެ. އެއީ އޭރިއާ ބޭރުން ދުރުން ލިބުނު ހިލޭ ޖެހުމަކުން ފޮނުވާލި ހަމަލާ ގޯލުގެ މަތީ ކަނަށް ވައްދާލައިގެން އެޓީމުގެ ބިދޭސީ ފޯވާޑް ޕްރިންސް ބޯޑޫ ކާމިޔާބުކުރި ގޯލެކެވެ.

މިމެޗުގެ މޭން އޮފް ދަ މެޗު ހޯދީ މަގުލަހުގެ އިބްރާހިމް އޮލަޑިމޭޖީ އެވެ. ދެން ކެތިއަރާ މެޗެއް އޮންނާނީ މިމަހު 15 ވަނަ ދުވަހުއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ