ހަނިމާދޫ ކައުންސިލުގެ ރައީސް ޢަބްދުއްސައްތާރު ޙަސަންގެ ލޮބުވެތި ބައްޕާޅުޅު ޙަސަން މުޙައްމަދު، 85 ޗާނދަނީވިލާ، ހދ. ހަނިމާދޫ މިއަދު ނިޔާވެއްޖެއެވެ.
އެނާ ނިޔާވީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި އަލާސް ކަންފުޅަކަށް ފަރުވާ ކުރައްވަމުން ގެންދަވަނިކޮށް މިއަދު ހެނދުނެވެ.
ކަށުނަމާދު ކުރުން އޮންނާނީ މެންދުރު ނަމާދަށްފަހު ކުޅުދުއްފުށީ މަސްޖިދުލް ޙަޟާރަތުގައެވެ. އަދި މައްޔިތާ ވަޅުލުމަށް ހަމަޖެހިފައިވަނީ ކުރީގެ ޢުލާ މިސްކިތް ހުންނަ ޞަޙަރާގައެވެ.


