މި މަހު 21 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ޔުނިޓީ ކަޕް 2025 ވޮލީ ބޯލް ޓޯނަމެންޓްގައި 7 ޓީމް މިފަހަރު ވާދަކުރެއެވެ. މިއީ މިމުބާރާތް ބާއްވާ 3 ވަނަ ފަހަރެވެ.
މިފަހަރު ބައިވެރިވާ ޓީމުތަކުގެ ތެރޭގައި މާއުނގޫދޫ ވީޓީ، ކޮމަންޑޫ އެސް ސީ، ޖޭޑަބްލިއު މެރިއޮޓް ރިސޯޓް ފިޔަވާ ދެން މުޅިވެސް ބައިވެރި ވެފައިވަނީ ފުނަދޫއަށް ނިސްބަތްވާ ޓީމުތަކެވެ.
މި ފަހަރު މުބާރަތް ދެ ގުރޫޕަކަށް ބަހާލައިގެން ކުޅޭއިރު ގުރޫޕް އޭގައި ހިމެނެނީ ޔަންގް ފޯސް، ޖޭޑަބްލިއު މެރިއޮޓް ރިސޯޓް، ކޮމަންޑޫ އެސް ސީ، ފޯޓީ ޕުލަސް އެވެ. ގުރޫޕް ބީގައި ހިމެނެނީ މާއުނގޫދޫ ވީޓީ، ޒޮލޭން އެފްވީސީ، މެކްސް އެސްސީ އެވެ.
މި މުބާރާތުގެ ހުރިހާ މެޗެއް ޔުނިޓީ ސްޕޯޓްސް އެކަޑަމީން ދުރަށް ދެއްކުމަށް ހަމަޖެހިފައިވާ އިރު އިންޑިޔާ، ލަންކާ ގިނަކުޅުން ތެރިންގެ ހިތްގައިމު ކުޅުން ފެނިގެން ދާނެއެވެ. އަދި ދިވެހި ގައުމީ ޓީމުގެ ކުޅުން ތެރިންނާއި ރާއްޖޭގެ މަޝްހޫރު ކުޅުން ތެރިންގެ ކުޅުން ފެނިގެން ދާނެއެވެ.
ޗެމްޕިއަން ޓީމަށް 20000 ރުފިޔާގެ ފައިސާގެ އިނާމެއް ދެވިގެން ދާއިރު މިފަހަރުގެ މެއިން ސްޕޮންސަރ އަކީ އަލްޓަސް އެވެ.



