ޕާކިސްތާނުގެ މިނިވަން ދުވަހާ ގުޅިގެން ރައީސް މުއިއްޒު ތަހުނިޔާ ފޮނުއްވައިފި

ޚަބަރު ފަހުގެ

ޕާކިސްތާނުގެ މިނިވަން ދުވަހާއި ގުޅިގެން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޕާކިސްތާނުގެ ރައީސް އާސިފް އަލީ ޒަރްދާރީ އާއި، ބޮޑުވަޒީރު މުހައްމަދު ޝެހެބާޒް ޝަރީފް އަދި އެ ގައުމުގެ ރައްޔިތުންނަށް ދުވަހުގެ ތަހުނިޔާ ދަންނަވާފައެވެ.

ރައީސް ވިދާޅުވީ، އެ ގައުމުގެ މިނިވަން ދުވަސް މިއަދު ފާހަގަކުރަމުންދާ އިރު، އެ ގައުމު މިނިވަން ވުމަށްފަހު މިހާތަނަށް ހޯދާފައިވާ ކުރިއެރުންތަކަކީ ފާހަގަކުރެވޭ ކަންކަން ކަމަށެވެ. އަދި ދެ ގައުމުގެ ގުޅުން މުސްތަގްބަލުގައި ބަަދަހިވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ރައިސް މުއިއްޒު ވިދާޅުވިއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޕާކިސްތާނުގެ މިނިވަން ދުވަސް ފާހަގަ ކުރަނީ ކޮންމެ އަހަރެއްގެ ވެސް އޯގަސްޓް މަހުގެ 14 ވަނަ ދުވަހުއެވެ. މީގެ 78 އަހަރު ކުރިން އިންޑިއާ އާއި ޕާކިސްތާނު ހިމެނޭ ސަރަހައްދުގައި އިނގިރޭސިން ކުރަމުން އައި ވެރިކަން ނިމި، ޕާކިސްތާން މިނިވަން ދައުލަތެއްގެ ގޮތުގައި އިއުލާން ކުރެވުނީ އޮގަސްޓް 14 ވަނަ ދުވަހުއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ